ރ މީދޫ ކައުންސިލްގެ އިދާރާގައި ފައިނު ކައުންސިލަރުންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ-
ހަބަރު
29 Mar 2024 | 19:39
އެއާޕޯޓް އެޅުމުގެ ކަންކަމުގައި ފައިނު ކައުންސިލާއި މަޝްވަރާ ކުރަން އެދިއްޖެ

ރ. ފައިނުގައި އެއާޕޯޓެއް އެޅުމާއި ގުޅޭގޮތުން އެ ރަށުގެ ކައުންސިލާއިއެކު މަޝްވަރާތައް ކުރިއަށް ގެންދެވުމަށް އެ ކައުންސިލުމް އެދިއްޖެއެވެ.

ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތަކާއި އެ މަޝްރޫއު ހަވާލު ކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓް ތައް ބަޔާންކޮށް އިއްޔެ ނެރުއްވާފައިވާ ގަރާރުގައި، ޖުމްލަ 9 ރަށެއްގައި އަލަށް އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، އެއާޕޯޓުގެ މަޝްރޫއު ފެށިފައިވާ ބައެއް ރަށްތަކުގެ އެއާޕޯޓު ނިންމުމަށްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ. 

އެ ސިޔާސަތުގައި އެ މަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް ފައިނުގައި އެއާޕޯޓު އެޅުމަށްވެސް ވަނީ ހިމަނައިފަ އެވެ.

އެކަމާއި ގުޅިގެން ފައިނު ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ އެ ކައުންސިލްގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށާއި، އަސާސީ ބައެއް ހިދުމަތް ދިނުމަށް ބިން ދޫކުރެވިފައިވާ ސަރަހައްދުތައް ހުރުމާއެކު އެ ކައުންސިލްގެ މަޝްވަރާއެއް ނެތި މިފަދަ ބޮޑު ނިންމުމެއް ނިންމުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައެވެ.

މިއާއެކު ފައިނު ކައުންސިލްގެ ތިން މެންބަރަކު ސޮއިކުރައްވައި ރޭ ނެރުނު އެ ބަޔާނުގައި ވަނީ މީގެ ކުރިން އެ ރަށުގައި އެއާޕޯޓު އެޅުމަށް ކުރެވުނު މަޝްވަރާގައި ފާހަގަވި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށާއި މި މަޝްރޫއާ ގުޅޭ ގޮތުން ފަންނީ އެހީތެރިކަމާއެކު ފުރިހަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިލައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީނުގެ ވެރިކަމުގައިވެސް ފައިނު އެއާޕޯޓު އެޅުމަށް ނިންމާ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. ނަމަވެސް އެއާޕޯޓް އެޅުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބުނެ އަޑު އުފުލުމުން އެ މަސައްކަތް ކުރިއަށް ނުގެންދެވުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.