މާރިޔާ އަހުމަދު ދީދީ-- ފޮޓޯ: އެމްޑީޕީ
ހަބަރު
30 Mar 2024 | 12:56
ވެރިކަމަށް އައީ ބޮޑެތި މިލިޓަރީ އެގްރީމެންޓްތަކޭ ކިޔައިގެން ވާހަކަތައް ދައްކަމުން، ކުރި އެއްވެސް ކަމެއްނެތް: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޮޑެތި މިލިޓަރީ އެގްރީމެންޓްތަކޭ ކިޔައިގެން ވާހަކަތައް ދައްކަމުން ކަމަށާއި އެހެންނަމަވެސް ކުރެއްވި އެއްވެސް ކަމެއްނެތް ކަމަށް ކުރީ ސަރުކާރުގެ ދިފާޢީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މަޖިލިސް ކެމްޕޭނަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ރޭގައި ބޭއްވި މުޅި ހުޅުމާލެ ތަރާވީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އެއް އޮތް އިރުވެސް މި ހަތަރު މަސްދުވަހު ކޮށްލާފައިވާވަރު ފެންނަ ކަމަށާއި ރައީސް ޑރ.މުއިއްޒު ރާއްޖޭގެ މިސްރާބު އޮޅުވާލާފައި ކަމަށެވެ.

"އައީ ބޭރު މީހުންނޭ ކިޔައިގެން ބޮޑެތި މިލިޓަރީ އެގްރީމެންޓް ތަކޭ ހެދީ ކިޔައިގެން ވާހަކަތައް ދައްކަމުން، ކުރި އެއްވެސް ކަމެއް ނެތް. ހަމަ ހުރިހާ ކަމަކީ ދޮގާއި މަކަރާއި އޮޅުވާލުމާއި އިސްރާފު."

މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަތީ ހުސް ގޮނޑި ބައިންދައިގެން، ކުރީގެ ރައީސް ޔާމީންގެ ފޮޓޯ ދައްކަވައިގެން ރައީސް ޔާމީންގެ ލަފާގެ މަތިން ސަރުކާރު ހިންގަވާނެ ކަމަށް ވިދާޅުވެފައިކަމަށެވެ. ނަމަވެސް މިއަދު ރައީސް ޔާމީން ގުޅުއްވުމުން ފޯނު ނުނަގައި، މެސެޖަށް ވެސް ޖަވާބު ނުދޭ ވާހަކަ ރައީސް ޔާމީން ވިދާޅުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިސަރުކާރުން ވަޒީފާގެ ބިރުވެރިކަން ވެސް އިންތިހާއަށް ދައްކަމުންދާ ކަމަށާއި، ރަށްރަށަށް ވަޑައިގެންނެވުމުން އެކަމަނާ އަށް ވަޒީފާތަކުގައި އުޅޭ ފަރާތްތަކުން މެސެޖްކޮށް، އެމްޑީޕީ އާއި އެކީގައި ތިބި ނަމަވެސް އެ ޕާޓީ އާއި އެކު ފެނިލިޔަސް ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެމްޑީޕީގެ މިދިޔަ 5 އަހަރު މިއިން އެއްވެސް ވާހަކައެއް ނީވޭނެ ކަމަށާއި ވަކި ޕާޓީ އަކަށް ނިސްބަތްވާތީ އެމީހާ ވަޒީފާއިން ވަކި ކުރުމަކީ އަނިޔާވެރިކަމެއްކަން އެމްޑީޕީން ވެސް ގަބޫލު ކުރާ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މާރިޔާ ވިދާޅުވީ، ރައީސް ޑރ.މުއިއްޒުގެ ތަރައްގީ ނުގެނައުމަށްޓަކައި މާލެ އާއި ރާއްޖެ ތެރޭގެ ހުރިހާ ޕްރޮޖެކްޓެއްވެސް ހުއްޓާލައިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.