މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ވޮއިސް
ހަބަރު
31 Mar 2024 | 12:33
ރައީސް މުޢިއްޒަކީ މޮޅު ކައްޕިތާނެއް، ދިވެހީންގެރާއްޖެ ހޯދައިދެއްވާނެ: ނަރީޝް

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ މޮޅު ކައްޕިތާނެއް ކަމަށާއި ދިވެހީންގެރާއްޖެ އޭގެ ހަޤީޤީ މާނާގައި އެމަނިކުފާނު ހޯއްދަވައި ދެއްވާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ކޯލިޝަންގެ އެންމެ މަތިން އެންމެ ތިރިއަށް އިއްތިފާގުވެ ނެރުނު ކެންޑިޑޭޓަކި ރައީސް މުޢިއްޒު ކަމަށެވެ. 

ރައްޔިތުން ވޯޓު އަޅާ އެ ރައްޔިތުންގެ ވަލިއްޔުލްއަމްރަކަށް އިޙްތިޔާރުކުރީ ރައީސް މުއިއްޒު! އެއީ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން އެދެޕާޓީގެ ވެރިކަމެއް މިގައުމުގައި ބާއްވަން ބޭނުންވެގެން ގެނައި ވެރިކަމެއް! މިވެރިކަން ދަމަހައްޓާ ނަގަހައްޓާނީވެސް މި ދެޕާޓީގެ މެމްބަރުން!

އަޙުމަދު ނަރީޝް އެކްސްގައި ވިދާޅުވިއެވެ. 

ނަރީޝް ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއްވެސް އެމަނިކުފާނު ފުއްދަވާނީ ރަނުން ރަނަށް ކަމަށާއި އެފުރުސަތު ރައްޔިތުން ދޭނެކަމަށެވެ. އަދި ރައްޔިތުން އެފުރުސަތު އެމަނިކުފާނަށް ދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދީގެން ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. 

މީގެ އިތުރުން ޕީޕީއެމް ޕީއެންސީގެ އާއްމު މެންބަރުން މަގުމަތިވާން ނޭދޭކަމަށާއި، ކުރިޔަށް އޮތް 5 އަހަރު ދިވެހީން އެދޭ މަގުގައި ދަތުރު ކުރަން ދިވެހީން ބޭނުންވާ ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ.

މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް، އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ މެޖޯރިޓީއަށްވެސް އެދެމުން އަންނަ އެމްޑީޕީއަށް ނިސްބަތްކޮށް ނަރީޝް ވިދާޅުވީ، ފިތުނައިގެ ކަނޑެއްގައި ދިވެހިން ޣަރަގުވެގެން ދިޔުމަށް ބޭނުންނުވާ ކަމަށެވެ.

ސަރުކާރަށް ޖެއްސުން ކުރާ މަޖިލީހެއް ދިވެހީން ބޭނުމެއް ނުވޭ! މަގުމަތިން ސަރުކާރު ވައްޓާލާކަށް ދިވެހީން ނޭދޭ! ދިވެހީންން އެދެނީ އެރައްޔިތުންނަށް ތިޔާގިކަމާއި ފާގަތިކަން، ގައުމަށް ތަރައްގީއާއި ހަމަޖެހުން، ފިތުނައިގެ ކަނޑެއްގައި އަރަޤުވެގެން ދާކަށް ދިވެހީން ނޭދޭ!

އަޙުމަދު ނަރީޝް އެކްސްގައި ވިދާޅުވިއެވެ.

މިއަދު މިއޮތް ހާލަތު ބަދަލުކޮށްދިނުމުގައި ރައްޔިތުންނަށް ވެދެވޭނެ އެއްމެ ބޮޑު އެހީތެރިކަމަކީ މި ސަރުކާރަށް މަޖިލީސް ނަގައި ދިނުން ކަމަށް ފާހަގަކުރައްވައު ނަރީޝް ވިދާޅުވީ، ވައުދުވެވަޑައިގަންނަވާ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދެއްވަވާނީ އަދި ކޮށްދެވޭނީވެސް ރައީސް މުއިއްޒުއަށާއި މި ސަރުކާރަށް ކަމަށެވެ. 

ނަރީޝް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަކީ ވިޝަނަރީ ލީޑަރެއް ކަމަށާއި މިގައުމުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ މޮޅު އިންޖީނިއަރެއް ކަމަށެވެ.

އަދި ޒުވާނުންގެ ބައިވެރިވުމާއި އިސްރަށްވެހީންގެ ތަޖުރިބާ ބޭނުންކުރައްވައިގެން ދިވެހީންގެރާއްޖެ ހަޤީޤީ މާނައިގައި ދިވެހީންނަށް ހޯދައިދެއްވާނެ މޮޅު ކައްޕިތާނަކީވެސް ރައީސް މުއިއްޒުކަމަށް ނަރީޝް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.