ގަލޮޅު ތަރާވީސް ޖަލްސާގައި ކުރީގެ ރައީސް ޞާލިހު ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
ހަބަރު
31 Mar 2024 | 13:55
3 މަސްދުވަސް ތެރޭ ޓުއަރިޒަމް ސެކްޓާއިން އެކަނި 58 މިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ: ޞާލިހު

ވޭތުވެދިޔަ 3 މަސްދުވަހުން ޓުއަރިޒަމް ސެކްޓާއިން އެކަނިވެސް 58 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

'މިސްރާބު ހަމަމަގަށް' ޝިޢާރުގެ ދަށުން އެމްޑިޕީން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވި ގަލޮޅު ތަރާވީސް ޖަލްސާގައި ރައީސް ޞާލިހު ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑަށް އާމްދަނީ ލިބެނީ ޓުަރިޒަމް ސެކްޓާ އިން ކަމަށެވެ.

މިއަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިފައި އޮތްގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޞާލިހު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ދުވަހު ރާއްޖެއަށް އިންޑިޔާ ޓުއަރިސްޓުން އައި ނިސްބަތާ އަޅާބަލާއިރު މިފަހަރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށެވެ.

މިދިޔަ އަަހަރު ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، 53،000 އެތައް ޓުއަރިސްޓުންނެއް ރާއްޖެ އައި. އެހެންނަމަވެސް، މި އަހަރުގެ މި ތިން މަސްދުވަހުގެ ތެރޭގައި އެ އަދަދުވަނީ 33،000 އަށް މަދުވެފައި. 20،100 އަށްވުރެން ގިނަ ޓުއަރިސްޓުން މަދުވެއްޖެ. މީގެ އިމްޕެކްޓް، މީގެ އިގްތިސާދީ ގެއްލުން އަޅުގަނޑުމެން މުޅި ގައުމަށް އެބަ ކުރޭ 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ، ޓުއަރިޒަމް ސެކްޓާއިން އެކަނިވެސް 58 މިލިއަން ޑޮލަރުގެ ގެއްލުން ވޭތުވެދިޔަ 3 މަސްދުވަސް ތެރޭ ވެފައިވާ ކަމަށެވެ.

އިގްތިސާދީ އެއްވެސް ތަސައްވަރެއް މި ސަރުކާރުގައި ނެތްކަމަށް ސިފަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ، ދައުލަތުގައި އާމްދަނީ މަދުވަމުންދާ ސަބަބަކީ މިއީ ކަމަށެވެ.  

މީގެ އިތުރުން ޓެކްސް ގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، އެކަމަކީވެސް ނިމިދިޔަ ސަރުކާރުން ޓެކްސްގެ ނިޒާމަށް ގެނައި ބަދަލާ ގުޅިގެން ފެންނަމުންދާ މަންޒަރެއްކަމަށް ރައީސް ޞާލިހު ވަނި ވިދާޅުވެފައެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ، މިސްރާބު މިއަދު އޮތީ ފާލުން ނައްޓައިގެން ގޮސްފައި ކަމަށެވެ. މިއަދުގެ ރައީސް އެގެންދަވަނީ ކޮންމެ ދޮޅު ދުވަހަކުން ދޮގެއް ހައްދަވަމުން ކަމަށާއި، ދޮޅު ދުވަހަކުން ދޮގެއް ހައްދަވާ ވެރިއަކު ފަސް އަހަރު ދުވަހު ހުރިކަމުގައި ވާނަމަ، ދެންވާނީ ކިހިނެއްތޯ ރައީސް ޞާލިހު ވަނީ ސުވާލު އުފައްދަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.