ރައީސް ޑރ.މުޙައްމަދު މުޢިއްޒު -- ފޮޓޯ: ޕީޕީއެމް
ހަބަރު
01 Apr 2024 | 13:02
ކުނީގެ ޓަނަކަށް ނަގަމުންދާ 750 ރުފިޔާ 500 އަށް ދަށްކުރަން ނިންމައިފި

ކުނީގެ ޓަނަކަށް މިހާރު ނަގަމުންދާ 750 ރުފިޔާ 500 އަށް ކުޑަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ.މުޢިއްޒު މިގޮތަށް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރުާގައި ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް، މުޙައްމަދު ފަޒީލުގެ ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު މި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމުގައެވެ.

ކުރީގެ ސަރުކާރު ނިމުނުއިރު ވެމްކޯ އޮތީ ވަރަށް ހާލުގައިކަމަށް ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ވެމްކޯ އިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ މަސައްކަތް މިހާރު އޮތްގޮތަށްވުރެން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކަމުގައެވެ.

މިހާރުވެސް ކުރަމުންމިދާ މަސައްކަތަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަސައްކަތް ކުރަމުންދާ އިރުގަވެސް، މިހާރުވެސް އެއްފަހަރު ލުއިތައް ދީފިން. ޚާއްސަކޮށް ވިޔަފާރިތަކާއި އެކި ކުންފުނިތަކަށް. ރޭޓުތައް ކުޑަކޮށްފިން. ޓަނަކަށް 750 ރުފިޔާ މިނަގަނި. އެ ނެގީމަ، އެންމެ ކުދިކުދި ޕިކަޕުތަކުގައި ގެންދާއިރުވެސް އާއްމުންނަށް ވަރަށް ބޮޑު އެއްޗަކަށް މިވަނީ. 

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކުނީގެ ޓަނަކަށް 750 ރުފިޔާއަށް ވެމްކޯއިން ކުނިއުކާލުމުގެ ޚިދުމަތް ދެމުންގެންދާތީ ރައްޔިތުންނަށް އެކަން ވެގެން ދަނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށެވެ.

މިކަންކަމަށް ލުއިތަކެއް ހޯދައިދިނުމަށް އިސްވެރިންނާ މަޝްވަރާވެސް ކޮށްފައިވާ ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާވެސް އަދި ކަމާބެހޭ ވަޒީރުންނާވެސް މަޝްވަރާކޮށްފައި އޮންނާނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ، ޓަނަކަށް މިނަގާ 750 ރުފިޔާ 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން  

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ މިކަން މާ ލަސްތަކެއް ނުވެ އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ކުނީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، މި ރަމަޟާންމަހާ ދިމާކޮށް އާދަޔާޚިލާފަށް ގިނަ ކުނިތަކެއް މާލޭގެ އެކި ސަރަހައްދުތަކަށް އާންމުން ދަނީ އުކާލަމުންނެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި ދުވާލެއްގެ މައްޗަށް އެތައް ޓަނެއްގެ ކުނި ނަގަމުން އެބަގެންދެއެވެ.

ގިނަ ދިވެހިންގެ ޝަކުވާއަކަށް ވެފައިވެސް އޮންނަނީ ކުނި އުކާލުމަށް ވެމްކޯއިން ދެމުން ގެންދާ ޚިދުމަތުގެ އަގު ނުބައްދަލު ކަމުގައެވެ.

ރައީސް މުޢިއްޒުގެ މި ނިންމެވުމުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.