އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު -- ފޮޓޯ: ވޮއިސް
ހަބަރު
01 Apr 2024 | 21:02
ޑޮލަރުގެ އަގު ދަށްވުމާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތަކަށް ސަޢީދުގެ ހޫނު ރައްދެއް

ޑޮލަރުގެ އަގު ދަށްވުމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކައަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހޫނު ރައްދެއް ދެއްވައިފިއެވެ. 

ކުރީގެ ރަައީސް ރޭ ވިދާޅުވީ، އަދުގެ ސަރުކާރު އައުމާއެކު ޑޮލަރުގެ އަގު ދަށްވީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ކަމަށެވެ. 

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ ސަރުކާރުން ކުރަން ފަށާފައިވާ އެކިއެކި މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލައްވާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީންވެސް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީނުގެ މި ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު ސަޢީދު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި މިނިސްޓަރު ސަޢީދު ފާހަގަކުރެއްވީ، އެގޮތަށް އެކަންއެވަނީ، ރައީސް މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ނިމިދިޔަ ސަރުކާރުގެ މަޝްރޫޢުތައް މި ސަރުކާރުގައި ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކައަށް ރައްދުދެއްވައި މިނިސްޓަރު ސަޢީދު ވިދާޅުވީ ކުރިން ހުއްޓިފައިވާ އެތައް މަޝްރޫޢުތަކެއް އެދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށްނުދާ ބާރުމިނުގައި ކުރިއަށް ކަމަށެވެ.

ޤައުމުގެ މާލީ ހާލަތު އޮތީ މީގެ ކުރީން ވެރިކަމެއް ބަދަލުވެ އައު ސަރުކާރަކާއި ޤައުމު ހަވާލުވިއިރު އޮތް އެއްމެ ނުރައްކާތެރި ޙާލަތުގައި. މިއީޚަޤީޤަތް!!

މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެއްމެބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެންވެރިއަކު ވެރިކަންކުރާ މަންޒަރު ޙަޖަމްނުވުން ކަމުގައެވެ. 

ކޮމެންޓް
ލަޠީފް
ރައީސް ޔާމީން އަށް ހީވާކަހަލަ ތިމަންނަ އޭ ހަމަ އެކަނި ތަންދޮރުދަންނަ މީހަކީ. ތިހާ ބޯ ގޯސް ވަނީ ރަނގަޅަށް ނުނިދޭތީ ކަމަށްވާނީ. ވެރިކަން ދެން ހުވަފެނުން ބައްލަވާ..
04 Apr 2024
ާިއައިޝަތު
ތީ ވަރަށް ބޮޑި ތެދެއް
05 Apr 2024
ބުޅިތުނބި
ހަމަ ހުސް ދޮގު.
05 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.