ޖަސްޓިސް ބިލްޑިންގ -- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
01 Apr 2024 | 23:13
މޯލްޑިވިއަން އަށް 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެމްޑީޕީގެ މައްޗަށް ދަޢުވާކުރަން ކޯޓަށް

މޯލްޑިވިއަން އަށް 5.6 މިލިއަން ރުފިޔަާ ނުދައްކައިގެން އެ ކުންފުނިން އެމްޑީޕީގެ މައްޗަށް ދަޢުވާކުރަން ކޯޓަށް ހުށަހަޅައިފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް އިޔާސް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ދެމެދުގައި ދިޔަ ދުވަސްތަކުގައި އެމްޑީޕީން ކުރި ދަތުރުތަކުގެ ޓިކެޓުގެ ފައިސާ ނުދައްކާ ކަމުގައެވެ. 

އެޕާޓީން އެ މުއްދަތުގައި ނެގި ޓިކެޓުތަކުގެ ޖުމްލަ އަގު 5.6 މިލިއަން ރުފިޔާއަށް އަރާކަމަށް އެމްޑީ އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވީ މޯލްޑިވިއަން އިން އަބަދުވެސް ޓިކެޓް ދޫކުރާނީ ވަގުތުން ފައިސާ ދައްކައިގެން ކަމުގައެވެ.

އެމްޑީޕީއާއި އެކު މަޝްވަރާކޮށް އެންމެ ލަސްވެގެން 48 ގަޑިއިރު ތެރޭ ޓިކެޓުގެ ފައިސާ ދެއްކުމަށް އެއްބަސްވެގެން ޓިކެޓް ދޫކުރިކަމަށް އިޔާސް ވިދާޅުވިއެވެ.

48 ގަޑިއިރުތެރޭ ދައްކަން އެއްބަސްވި ފައިސާއަށް 6 މަސްދުވަސް ވެގެން މިއަދާ ހިސާބަށް އައި އިރުވެސް އެފައިސާ ދައްކާފައި ނުވާކަން އިޔާސް ފާހަގަކުރެއްވިއެވެ.

އިޔާސް އިތުރަށް ވިދާޅުވީ މި މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހެޅީ އެމްޑީޕީއަށް ތަކުރާރުކޮށް ފައިސާ ދެއްކުމަށް އެންގުމުންވެސް ފައިސާ ދައްކާފައި ނުވާތީ ކަމުގައެވެ. 

އެގޮތުން ލިޔެކިޔުމުން އެތައް ފަހަރަކު އަންގާފައިވާނެ ކަމަށާއި މި މުއްދަތުތަކުގައި ފައިސާ ނުދައްކައިފިނަމަ ޝަރުޢީ މަރުހަލާއަށް ގެންދާނެ ކަމަށް މޯލްޑިވިއަން އިން އެމްޑީޕީއަށް އަންގާފައިވީ ނަމަވެސް އެޕާޓީން އެއްވެސް ފައިސާ އެ މުއްދަތުގައި ކުރެއްވި އެއްވެސް ދަތުރަކަށް ދައްކާފައި ނުވާތީ އިތުރު ގޮތެއް ނެތިގެން މައްސަލަ ހުށަހެޅީކަމަށް އިޔާސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.