ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ވޮއިސް
ހަބަރު
03 Apr 2024 | 13:40
މެއި 10 ގެ ފަހުން ރާއްޖޭގައި ބޭރު ސިފައިންގެ އެންމެ މީހަކުވެސް ނުހުންނާނެ: ރައީސް މުޢިއްޒު

މެއި 10 ގެ ފަހުން ރާއްޖޭގައި ބޭރު ސިފައިންގެ އެންމެ މީހަކުވެސް ނުހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެ އަކީ ހަމަޖެހުމާއި މިނިވަންކަން އޮންނަ ރާއްޖެއެއްކަމަށެވެ. އެގޮތުން, މި ޤައުމަކީ ތާ އަބަދު މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

އެކަން ކުރުމުގައި، ފުރަތަމަ ދުވަހުން ފެށިގެން ޢަމަލީގޮތުން އަޅުގަނޑުމެން މި އަންނަނީ މަސައްކަތްކުރަމުން. ދިވެހި ރައްޔިތުންނަށް އެކަން ފެނިވަޑައިގަންނަވާނެ. މިތަނުގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށްޓަކައި ފުރަތަމަ ދުވަހު މަސައްކަތް ފެށިގޮތަށް، ޑިޕްލޮމަސީގެ ރިވެތި އުސޫލުތަކުގެ ހަމަތަކުގެ މަތިން މަސައްކަތް އެދަނީ ކުރިއަށް

ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދެފަރާތުން ލިޔެކިއުމުގައި ސޮއިކުރައްވާ އެއްބަސްވިގޮތަށް މިކަން ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ބޭރުގެ ސިފައިން ފައިބާނެކަމަށާއި އަދި ތިންވަނަ ޕްލެޓްފޯމްގައި ތިބި ބޭރުގެ ސިފައިން ދެން އަންނަ މަހުގެ 10ގެ ކުރިން ފައިބާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހީންގެ ރާއްޖެ ގާއިމުކުރުމަށްޓަކައި މިކުރާ މަސައްކަތުގައި މިކަހަލަ އެތައް ކަމެއް ކުރުމުގައި، ދިވެހީންގެ ވިސްނުން އިސްކުރާ، އެހެން ބަޔަކަށް، އެހެން ބައެއްގެ އެޖެންޑާ، މިތާގައި ތަންފީޒުކުރުމަށް ފުރުސަތު ނުދޭ ވިސްނުމުގެ މީހުން މަޖިލީހަށް ހޮވަންޖެހެނީ އެހެންވެގެން. އެހެންވީމަ، މި ރައްކާތެރިކަމާއި މިނިވަންކަމާއި، ސަލާމަތްތެރިކަން މި ގައުމުގައި ގާއިމުކުރުމަށްޓަކައި، އަޅުގަނޑުމެން މަޖިލީހުގައި މެންަބަރުން ހޮވުމުގައި މިދެންނެވި ވިސްނުން އިސްކުރަންޖެހޭ އަނެއް ސަބަބަކީ.

ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ބަދަލު ހިފުމުގެ ރޫހުގައި ތިބި ބައެއްގެ އަތްމައްޗަށް މަޖިލިސް ދޫކޮށްލާފިއްޔާ އެބޭފުޅުން ބަދަލު ހިފުމަށްޓަކައި ގައުމު ހަމަނުޖެހުމުގެ ތެރެއަށް ގެންދަވާނެ ކަމަށެވެ. 

ރައީސް މުޢިއްޒު ވަނީ އެކަން އެމިސްރާބަށް ނުގެންދިއުމަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކުރުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.