ރޭގެ ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕީޕީއެމް
ހަބަރު
05 Apr 2024 | 13:39
4000 އަހަރު ތެރޭގައި، އެންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތި ކުރުވީ، ނިިމިދިޔަ ސަރުކާރުން: އަބްދުއްރަހީމް

ވޭތުވެދިޔަ 4000 އަހަރު ދުވަހުގެ ތެރޭގައިވެސް ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތިކުރީ ނިމިދިޔަ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބ އޭދަފުށީ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވެރިކަން ކުރައްވަމުންދަނީ ހަމަހަމަ ކަމާއި އެކީގައި ރައްޔިތުންނާއި ގާތުންކަމަށެވެ. އަދި އެމަނިކުފާނު އުޅުއްވަނީ ފިއްލަވައިގެން ނޫންކަމަށާ ރައްޔިތުން ކުރައްވާ ސުވާލު ތަކަށް އެމަނިކުފާނު ޖަވާބު ދެއްވަމުންދާ ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެންއުޅެނީ މިހާރުވެސް ކުރައްވަމުންދާ ގޮތުގެމަަތިން ވެރިކަން ކުރެއްވުމަށް ފަސޭހަކުރުމަށްކަމަށާ، ޕީއެންސީއިން ރައީސް މުއިއްޒުއާއިއެކު ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށް މަސައްކަތް ކުރަނީ ސަބަބުތަކެއް އޮވެގެންކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ތަހަންމަލްކުރީ ވަރަށް އުނދަގޫ ކަންތައްތަކެއް. ވަރަށް ހިތްދަތި ތަޖުރިބާތަކެއް އަޅުގަނޑުމެން ކުރީ. ދިވެހިރާއްޖޭގައި ވޭތުވެގެންދިޔަ 4000 އަހަރުގެ ތެރޭގައި އަޅުވަނޑުމެންނަށް އެންމެ ބޮޑު އަނިޔާޥެރިކަމެއް ކުރިމަތިކޮށްފައިވަނީ ވޭތުވެގެންދިޔަ ސަރުކާރުން. އަނިޔާނުކުރާ އެއްވެސް ދާއިރާއެއް ނެތް. ޖެއްސުން ނުކުރާ އެއްވެސް ކަމެއް ނެތް.

އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްއަށް މެޖޯރިޓީ ދީފި ހާލަތެއްގައި މާލެ ރައްޔިތުންނަށް ގޯތިތައް ނުދޭނެކަމަށް އިދިކޮޅުން ބުނާ ކަމަށާ އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައީ މާލެ ރައްޔިތުންނަށް ގޯތި ދޭންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު އާއި ސަރުކާރުން މަސައްކަތްކުރަމުންދަނީ މާލެ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުނަށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަަށްކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ހާސިލުކޮށްދޭނީ ރައީސް މުއިއްޒުގެ ސަރުކާރުންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ވެގެން އުޅެނީ އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުމަށް ކަމަށެވެ. 

އަމިއްލަ އެދުމެއް ނެތި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ މެމްބަރުންތަކެއް މަޖިލީހަށް އައިސްގެން ނޫންގޮތަކަށް ދިވެހިންގެ ރާއްޖެއެއް ބިނާނުވާނެ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވުދާޅުވީ އެކަން ކުރެވޭނީ ދިވެހިންގެ ވިސްނުމާއި ހިޔާލުތައް ތަމްސީލުވެގެންދާހެން މަޖިލީހަށް ދިވެހިންގެ ރާއްޖެ ވަދެގެންކަމަށެވެ.

ކޮމެންޓް
ބޭބެ
ކަކެއާއެއްވަރަށް ދޮގުހެދޭނެ މީހުންތިބޭނިރިޔާވެސް އިޒުރޭލުގަ ޔާއެމެރިކާއާއި އޭގެ ބައިވެރިންގެތެރޭ
05 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.