އައިއޭސީ އިން ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ ތެރެއިން -- ފޮޓޯ: އައިއޭސީ
ހަބަރު
06 Apr 2024 | 12:49
ރޯދައިގެ ފަހު 10 އާދިމާކޮށް އައިއޭސީން ޣައްޒާއަށް އެހީގެ ގޮތުގައި ދުވާލެއްގެ މައްޗަށް ފޯރުކޮށްދޭ ޕެކް 12،000 އަށް އިތުރުކޮށްފި

ރޯދައިގެ ފަހު 10 އާދިމާކޮށް އިންޓާނޭޝަނަލް އެއިޑްސް ކެމްޕެއިން (އައިއޭސީ)ން ޣައްޒާއަށް އެހީގެ ގޮތުގައި ދުވާލެއްގެ މައްޗަށް ފޯރުކޮށްދޭ ޕެކް 12،000 އަށް އިތުރުކޮށްފިއެވެ.

އައިއޭސީން އަންނަނީ ޣައްޒާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް މިރޯދަމަހު ހޫނު ބަތްޕާރުސަލް އަދި އިފްޠާރު ބެހުން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދަމުންނެވެ. 

އެ ކެމްޕެއިން ޓީމުން ރޭ އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، ރޯދަމަސް ފެއްޓުމުގެ ކުރީއްސުރެ ދުވާލަކު 3000 ޕެކޭޖްގެ މަގުން ބަތްޕާރުސަލް ޣައްޒާއަށް ފޯރުކޮށްދެމުން ގެންދާކަމަށެވެ.

އަދި ރޯދަމަސް ފެށުމުން މި އަދަދު ދުވާލެއްގެ މައްޗަށް 5000 ޕެކަށް އިތުރުކޮށް ފޯރުކޮށްދެމުން ގެންދާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެއެވެ. 

މީގެއިތުރުން އައިއޭސީން ބުނީ، ރަމަޟާން މަހުގެ 19 އިން ފެށިގެން ޣައްޒާއަށް އެހީގެ ގޮތުގައި ދުވާލެއްގެ މައްޗަށް ފޯރުކޮށްދެވޭ އަދަދު 12،000 އަށް އިތުރުކޮށްފައިވާ ކަމަށެވެ. 

2018 ވަނަ އަހަރުން ފެށިގެން ހުއްޓުމެއްނެތި ޣައްޒާގެ ރައްޔިތުންނަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، އެޖަމިއްޔާއިން ބުނީ، އޭރު އެމީހުން އުޅެމުންދިޔަ ހާލަތުގައި ދޫކޮށްނުލި ބަޔަކު، މިހާރު މިއޮތް ދަތި ހާލަތްތަކުގައިވެސް އެމީހުން ދޫކޮށްނުލާނެ ކަމަށެވެ. 

ދިވެހީންގެ ފަރާތުން ޣައްޒާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއޭސީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. 

.ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.