ރައީސް ޑރ.މުހައްމަދު މުއިއްޒު --
ހަބަރު
07 Apr 2024 | 13:52
ފެނަކައިގެ ބްރާންޗުތައް އޮތް ދަށް ހާލަތުން އަރައިގަތުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުޢިއްޒު

ރާއްޖޭގެ ކަންކޮޅުތަކުގައި ފެނަކައިގެ ބްރާންޗުތައް އޮތް ދަށް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ރައީސް ގެ ޖަވާބު ޕްރޮގްރާމްގައި، ވ.ރަކީދޫ، ގުލްޒާރުހިޔާ، މުނިސާ ދާއޫދު، ރާއްޖޭގެތެރޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ ސުވާލު ކުރެއްވުމާއި ގުޅިގެންނެވެ.

މޫނިސާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެނަކައިގެ ބްރާންޗުތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ.

ހަމައެކަނި ކުންފުނި، އެތައް ސަތޭކަ މިލިއަން ރުފިޔާއަކުން އެކި ފަރާތްތަކަށް ދަރާފައި އޮތީ އެކަންޏެއް ނޫން. ޖެންސެޓުތަކާއި އެކިކަހަލަ އާލާތްތައް ހުރީ އެއްގޮތަކަށްވެސް މެއިންޓެއިން ނުކޮށް. އެއްގޮތަކަށްވެސް ނުބަލަހައްޓާ.

ރައީސް މުޢިއްޒު ވިދާޅުވިއެވެ

ރައީސް މުޢިއްޒު ވިދާޅުވީ، އެކަމުގެ ސަބަބުން މިހާރު ވަނީ އެތައް ރަށެއްގައި އެތަކެތި ބަދަލުކުރަންޖެހިފައިވާ ކަމަށެވެ. 

އަދި އެކި ރަށްރަށުގައި ހުރި ޖަނަރޭޓަރުތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އާ ޖެންސެޓުުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން ޓްރާންސިޝަން މަރުހަލާގައި އަޅުގަނޑުމެން އެއްކުރި މައުލޫމާތުން އަޅުގަނޑުމެންނަށް މިކަން އެނގިފައިވާތީ، އެހިސާބުން ފެށިގެން މަސައްކަތް ފަށާފައި މިވަނީ.

ރައީސް މުޢިއްޒު ވިދާޅުވިއެވެ

މިހާރުވެސް ބައެއް ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ޙައްލެއް ގެނެވިފައިވާކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ފެނަކަ މިއަދު އޮތް ދަށް ހާލަތުން އަރައިގަނެގެން ދާނެ ކަމަށެވެ.

އަދި ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެންނަވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.