އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީޤް --
ހަބަރު
07 Apr 2024 | 14:21
މި ގައުމުގެ ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރެވޭނީ މަޖިލީހަށް ސަރުކާރުގެ ސުޕާމެޖޯރިޓީ ދީގެން: ފާތިމަތު ތައުފީޤް

މި ގައުމުގެ ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރެވޭނީ މަޖިލީހަށް ސަރުކާރުގެ ސުޕާމެޖޯރިޓީ ދީގެންކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓާ ފާތިމަތު ތައުފީޤް ވިދާޅުވެއްޖެއެވެ.

އެމްޑީ ފާތިމަތު ތައުފީގު މިފަދައިން ވިދާޅުވެފައިވަނީ، އއ. ރަސްދޫގައި ހުކުރު ދުވަހުގެރޭ ތަރާވީސް ނަމާދު ކުރަމުންދިޔަ ވަގުތު މިސްކިތުގެ ފާޚަނާބަރީގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މި މައްސަލަ ބަލަމުން އަންނައިރު، ފުލުހުން ވަނީ އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ 13 އަހަރާއި 14 އަހަރުގެ ކުއްޖަކު ދެނެގަނެފައެވެ.

ނަމަވެސް، އާންމު ރައްޔިތުން ފުލުހުން އެކަމާ ގުޅިގެން ކޮށްފައިވާ ޕޯސްޓަށްވެސް ނުރުހުން ފާޅުކޮށް ބުނެފައިވަނީ މިކަމަށް އިންސާފު ލިބުމަށްވުރެން ގާތީ ނުލިބުންކަމަށެވެ. 

ސަބަބެއްކަމުގައި ބުނަމުން އަންނަނީ ޤާނޫނު އަސާސީގައި 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކީ ކުޑަކުއްޖެއް ކަމުގައި ކަނޑައަޅާފައިވާހިނދު، މި ކުދިންނަށް ދީފައިވާ ރައްކާތެރިކަމުގެ ސަބަބުންނެވެ.

އެފަދަ ކުދިން މުޖުތަމަޢުގައި ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިކަމުގައިވިޔަސް، އެކުދިންނަށް 18 އަހަރު ވެެގެން ނޫނީ ޖިނާއީ ބޮޑެތި ކުށްތަކުގެ އަދަބު ނުލިބޭތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެމްޑީ ފާތިމަތު ތައުފީޤު މިކަމާ ގުޅޭގޮތުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރެވޭނީ ސަރުކާރުގެ މެޖޯރިޓީ ލިބި މަޖިލީހުގެ ތެރެއިން ޤާނޫނުތައް އިސްލާހުކޮށްގެން ކަމަށެވެ.

ދިވެހީންގެމަޖިލީހެއް ސަރުކާރަށް ބޭނުންވަނީ މިފަދަ ސަބަބުތަކަށް 

އެމްޑީ ފާތިމަތު ތައުފީގު ވިދާޅުވިއެވެ.

އެމްޑީ އިތުރަށް ވިދާޅުވީ، މާޒީގައި ސުޕާމެޖޯރިޓީ ލިބި ފެއިލް ވެފައި ތިބި ބަޔަކު މިއަދުގެ ހާލަތަށް ޒިންމާވާނެޖެހޭނެ ކަމަށެވެ. 

ކޮމެންޓް
ބޭބެ
ކޮންމެ ކަމެއް ކެމްޕެިން ގެ ހަތިޔާރަކަށް ހެދުމަކީ ދަށު ދަރަޖައިގެ ކަމެއް
07 Apr 2024
ކިޔުންތހެރިޔާ
މި މީހުން ކޮންމެ ކަމެއްވެސް ވޯޓާ މި ހުޅުވަނީ ކީއްވެތަ؟ ފާހާނާ ތަށިމަތީގަވެސް ސުޕަ މެޖޯރިޓީ ލިބުނީމަ އިންނާން ވީނު ދޯ؟
08 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.