ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ
ހަބަރު
08 Apr 2024 | 13:25
ޢީދު އަލި، މިއީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއް: ފަހުމީ

ޢީދު އަލި، މިއީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއްކަމަށް ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓާ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީ ފަހުމީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، މި އަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ މި މަސައްކަތުގެ ސަބަބުން ޢީދުގެ އުފާވެރިކަން ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އޭގެ ތެރެއިން މި މަސައްކަތުގެ ސަބަބުން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާވެގެންދާނެ ކަމަށްވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ހަމަ މިއާއެކު، މިއީ ޢީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީޚުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫޙު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ ޢީދެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ އިތުރުން އަންނާން އޮތް ޖީލުތަކަށް ޢީދުގެ އުފާވެރި މުނާސަބަތު ޤައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް.

އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވް.

އެމްޑީ ފަހުމީ ވިދާޅުވީ، މި ކުރެވިިގެންދިޔަ ފަންނުވެރި އަދި ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑަރޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

މިދިޔަ އަހަރުގެ ބޮޑު އީދުވެސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިސްގަނައިގެން ކުލަ ބޮކިތަކުން މާލެތެރެ ޒީނަތްތެރިކޮށް، ތަކުބީރުގެ އަޑުއިވޭގޮތަށް ސްޕީކަރުތައް ހަރުކޮށް ހިންގި ހަރަކާތަށް ގިނަ ބައެއް ތައުރީފު ވަނީ ލިބިފައެވެ.

ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގައި ކުލަގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުފުޅު ވެފައިވާއިރު، މި ވައުދުފުޅު ފުއްދެވުމުގެ ގޮތުން އީދު ފާހަގަކުރުމަށް 50،100،000 ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.