އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު —ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Apr 2024 | 12:26
އިދިކޮޅުން މުޅި އެތި ރާވާފަ އޮތީ 90 ދުވަސް ތެރޭ ސަރުކާރު ބޭންކުރަޕްޓްކޮށް އާ ސަރުކާރެއް އުފައްދަން: ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 90 ދުވަސް ތެރޭގައި ސަރުކާރު ބަނގުރޫޓްކޮށް އައު ސަރުކާރެއް އުފައްދަން، އިދިކޮޅު ފަރާތްތަކުން ރޭވި ކަމުގެ ތުހުމަތު އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވަފުދެއް ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ލ. މާވަށަށް ވަޑައުގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި، 19 ވަނަ ރައްޔޮތުންގެ މަޖިލީހުގައި މާވަށު ދާއިރާވެސް ތަމްސީލް ކުރެއްވި ވަޒީރު ސަޢީދު ވިދާޅުވީ، ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. 

“މުޅި އެތި ރާވާފައި އޮތީ، ރައީސް ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް އަންނަތާ 90 ދުވަސްތެރޭގައި ސަރުކާރު ބޭންކް ރަޕްޓް ވާގޮތަށް. މިހަމަ ހަގީގަތް. މުޅި އެތި ޑިޒައިން ކޮށްފައި، ރާވާފައި، ސީލްކޮށްފައި އޮތީ ތިން މަސް ތެރޭގައި، 90 ދުވަސް ތަރޭގައި ދިވެހިރާއްޖެ ބަނގުރޫޓްވާނެ، ބަނގުރޫޓް ވީމަ، ކުރީގެ ބައެއް ރައީސުންނާއިއެކު އާ ސަރުކާރެއް ފޯމް ކުރާނީއޭ. ބައެއް ބޭފުޅުންގެ އެހީތެރިކަމާއިއެކު.”

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު 

ސަޢީދު ވިދާޅުވިގޮތުގައި އިދިކޮޅުގެ އެ ޑިޒައިން މަސައްކަތް ނުކުރީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ފުރުސަތު ނުދެއްވުމުން ކަމަށެވެ.  އަދި އެ ފުރުސަތު ނުދެއްވީ ވަރަށް މުހިންމު މަސައްކަތެއް ކުރައްވައި، ވަރަށް ބޮޑު “ރިސްކެއް” ނަންގަވައިގެން ކަމަށް ސަޢީދު ވިދާޅުވިއެވެ.

އެގޮތުން ނެންގެވި ރިސްކަކީ ފައިސާ ޗާޕްކުރުން ހުއްޓަވާލެއްވުން ކަމަށާ، އެކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް، އާއި ވޯލްޑު ބޭންކުންވެސް ދެފަރަހަރެއްގެ މަތިން ފާހަގަކުރެއްވި ކަމަށް ސަޢީދު ވިދާޅުވިއެވެ. 

އަޅުގަނޑު ހަނދާންވާގޮތުގައި، ތިންވަނަ ފަހަރު އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރުގެ ޚާއްސަކޯލެއް އެމަނިކުފާނު ދުބައިގައު ހުންނަވަނިކޮށް ވަޑައިގެން ވިދާޅުވީ، ރައީސް އޭ، ތިންމަސް ދުވަސް ތެރޭގައި މަޖިލިސް އިންތިހާބެއް އޮތް އިރު، އެއްވެސް ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާ އަކު ކުރައްވާނެ ކަމެއް ނޫނޭ ތި ކުރެއްވީ. އެހާ ބޯލްޑް އެހާ ހިތްވަރުގަދަ ޑިސިޝަންއެކޭ ތި ނެންގެވީ ފައިސާ ޗާޕްނުކޮށް ރިފޯމްއަށް މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވުން. މިއީ ހަގީގަތް. 

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު 

މީގެ އިތުރުން، ކަންބޮޑުވާ އެކިއެކި ކަންކަމާއި ރައީސް މުއިއްޒު ކުރިމަތިލައްވައި، ނިންމެވުންތައް ނިންމަވަނީ ވަރަށް މަޑުމައިތިރި ކަމާއިއެކު ވަރަށް ހަމަހިމޭން ކަމާއިއެކު ކަމަށް ސަޢީދު ވިދާޅުވިއެވެ. 

އަދި މިސަރުކާރުގެ މިސްރާބު ހުރީ ގައުމު ބަނގުރޫޓް ވުމުން ސަލާމަތްކޮށް، ގައުމުގެ ދަރަންޏަށްވުރެ އަރަނި އިތުރު ކޮށް، ގައުމުގެ މިނިވަންކަން ހޮމާޔަތްކޮށް އިސްލާމްދީން ހިމާޔަތް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ ގޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.