ރައީސް ޑރ.މުޙައްމަދު މުޢިއްޒު ލ.ކަލައިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Apr 2024 | 20:02
ކަލައިދޫ ކޯޒްވޭގެ ޑިޒައިނަށް ގެންނަން ފެންނަ ބައެއް ބަދަލުތައް ހުށައަޅައިފި

ލ.ކަލައިދޫ ކޯޒްވޭގެ ޑިޒައިނަށް ގެންނަން ފެންނަ ބައެއް ބަދަލުތައް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް ހުށައަޅައިފިއެވެ.

މި ބަދަލުތައް ކަލައިދޫ ކައުންސިލުން ރައީސް ޑރ.މުޢިއްޒަށް ހުށައަޅާފައިވަނީ އެމަނިކުފާނު ކަލައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އާއި އެކު މިއަދު ކަލައިދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައިއެވެ.

ކަލައިދޫ ކޯޒްވޭގެ ޑިޒައިނަށް ގެންނަން ގެންނަން ފެންނަ ބައެއް ބަދަލުތައް ރައީސް ޑރ.މުޢިއްޒު އަށް ހުށައެޅުމުގެ އިތުރުން، އެ ރަށުގެ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތައް ހުއްޓިފައިވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ކަލައިދޫ  ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ވެސް ފާހަގަކޮށްފައެވެ.

ހަމައެއާއިއެކު، މި ބައްދަލުވުމުގައި ރަށުގެ ކައުންސިލުން ވަނީ، ކަލައިދޫ ބަނދަރުގެ ޙާލަތު ރަނގަޅު ކުރުމާއި ފުޓްސަލް ކުޅޭނެ ބޮޑު ދަނޑެއް އަޅައިދެއްވުމަށް ވެސް ރައީސް ޑރ.މުޢިއްޒު އަށް ދަންނަވާފައެވެ. އަދި ރަށުގެ ބޮޑު މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި ވާތީ އެކަން ރައީސް ޑރ.މުޢިއްޒުގެ ސަމާލުކަމަށް ގެނެސް، ކަލައިދޫގައި ކުނި ނައްތާލުމުގެ ނިޒާމުގައި ހުރި ދަތިތައް ޙައްލުކުރުމާއި ރަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްގެ އިތުރުން ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމުގެ މުހިންމުކަން ވެސް ރަށުގެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުންވެސް، އިސްދޫ ކައުންސިލް ފަދައިން ކަލައިދޫ ކައުންސިލުންވެސް ވަނީ ރަށުގެ އިޙްތިސާސްގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދައިދެއްވުމަށް ރައީސް ޑރ.މުޢިއްޒު އަށް ދަންނަވާފައެވެ.

ރައީސް ޑރ.މުޢިއްޒު ވަނީ ކައުންސިލްގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ