ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Apr 2024 | 20:38
ބަޖެޓް ފާސްކޮށްދީފައި އޮތް ގޮތުން ބޭނުންވާ ގޮތަށް މި އަހަރު ކުރިއަށް ގެންދެވޭކަށް ނެތް: ރައީސް ޑރ.މުޢިއްޒު

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްދީފައިވާ ގޮތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް މި އަހަރު ކުރިއަށް ގެންދެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މަޝްރޫއުތައް ހިންގުމުގައި މައިގަނޑު ދަތިތައް ދިމާވަނީ ބަޖެޓުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ މި ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި މިހާރު ބޭނުން ކުރާ ބަޖެޓަކީ މި ސަރުކާރުން ފާސްކުރި ބަޖެޓެއް ނޫންކަމަށެވެ. އަދި ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން މިއަހަރު ތެރޭގައި ފުރިހަމަ ކުރައްވަން ބޭނުންފުޅުވާ ހުރިހާ ކަމެއް އެމަނިކުފާނު ލިސްޓު ކުރެއްވި ނަމަވެސް ބަޖެޓުގައި ހިމެނީ ވަރަށް މަދު މަޝްރޫއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ބަޖެޓުގައި ހިމެނި މަޝްރޫއުތަކަށް ކަނޑައަޅާފައި ހުރީ ވަރަށް މަދު އަދަދެއްގެ ފައިސާކަމަށްވާތީ މިމަހާއި އަންނަ މަހުގެ ތެރޭގައި މަޝްރޫއުތައް ފަށަން ބޭނުންވި ނަމަވެސް ގިނަ މަޝްރޫއުތައް ފެށޭނީ އަހަރުގެ ފަހުކޮޅު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ބޭނުންވާ ގޮތަށް މި އަހަރުގެ ތެރޭގައި މިހާރު މި އޮތް މަޖިލީހުން ފާސްކޮށްދީފައި އޮތް ބަޖެޓު އޮތް ގޮތުން ގެންދެވޭކަށް ނެތް. އެހެންނަމަވެސް މި ބަލަނީ ވީހާވެސް އަވަހަކަށް ގިނަ މަސައްކަތްތަކެއް ފެށޭތޯ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ބަޖެޓް ގެ ދަތިކަމުގެ އިތުރުން، ގިނަ ރަށްރަށުގެ މަޝްރޫތަކަށް ފައިސާ ނުދީ ހުރުމުގެ ސަބަބުންވެސް މަސައްކަތްތައް ހުއްޓިފައިހުރި ކަމަށާއި، ހުރިހާ މަސައްކަތްތައް ފެށޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ހުރި ވަރަށް ގިނަ މަޝްރޫއުތައް މިހާރު ފެށިފައިވާ ކަމަށާއި ގިނަ މަސައްކަތްތަކެއް މިހާރު ހުރީ ފެށޭ ހިސާބުގައި ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.