ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ސޮއިކުރުން- ފޮޓޯ/ ރައޫސް އޮފީސް
ހަބަރު
11 Apr 2024 | 23:49
ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމަށާއި ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ސޮއިކޮށްފި

ލ. ކައްދޫގައި އޮންނަ އެއާޕޯޓް އިތުރަށް ތަރަައްގީ ކުރުމަށާއި އެއަތޮޅު ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ސަރުކާރާއި ޗައިނާގެ ކުންފުންޏަކާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުތަކުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓަރ، ޑރ. އަބްދުالله މުއްތަލިބެއެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެގައުމުގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ)ގެ ޖެނެރަލް މެނޭޖަރ، ލީ ވޭވޭ އެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ކައްދޫ އެއަރޕޯޓް ޑިވެލޮޕްމަންޓް ކޮމްޕެނީގެ ދަށުގައި އޮތުންކަމަށް ރައީސް މުއިއްޒުވަނީ މިރޭ ވިދާޅުވެފައެވެ. އެހެންކަމުން އެ ދަތިތައް ނައްތާލާ، މިހާރު އެ އެއަރޕޯޓް ހިންގުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ ދަށަށް ބަދަލުކުރައްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކައްދޫ އެއާޕޯޓްގެ އޮތުރުން، މިރޭ ސޮއި ކުރެވުނު، ގާދޫގައި ގާއިމު ކުރާ މެރިޓައިމް ހަބުގެ ފަހުމުނާމާގައި ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ، މުހައްމަދު ވަޖީހު އިބްރާހިމްއެވެ. މި ފަހުމުނާމާގައި ޗައިނާގެ ފަރާތުން ސޮއި ކޮށްފައިވަނީ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ)ގެ ޖެނެރަލް މެނޭޖަރ، ލީ ވޭވޭ އެވެ.

މިމަޝްރޫޢުގެ ދަށުން މުޅިއެކު 6 މަސައްކަތެއް ކުރުމަށް ވަނީ ނިންމާފައެވެ. އެއީ؛ 

އޮފް ޝޯ ބަންކަރިން ޚިދުމަތް ފެށުން

ކްރޫޒް ޓާމިނަލެއް ތަރައްޤީކުރުން

ސުޕަރ ޔޮޓް މެރީނާއެއް ތަރައްޤީކުރުން

ގާދޫ އިކޯ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުން

މި ސަރަހައްދުގައި އުފައްދާ ކާބޯތަކެތީ ރައްކާ ކުރުމަށް ސްޓޯރެޖް ފެސިލިޓީއެއް

ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީ ކުރުން

ކައްދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފައިވާއިރު، ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް ކޮމާޝަލް ހާބަރެއް ހެދުމަކީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.