އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް- ފޮޓަަޯ/ ރައީސް އޮފީސް
ހަބަރު
12 Apr 2024 | 13:01
ރައީސް މުއިއްޒު، ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނެސްދެއްވާނެ: ވަޖީހު

ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވާނެކަމަށާ އެމަނިކުފާނަކީ އިގްތިޞާދީ މާހިރެއް ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވަޖީހު ވިދާޅުވީ ރައީސްގެ އިޤްތިސާދީ އެޖެންޑާގައި ހިމަނުއްވާފައިވާ ކަންކަމަކީ ރާއްޖެއަށް އިގްތިޞާދީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަންކަން ކަމަށާ މިއިން ޒަމާނަކު ރާއްޖޭގެ އިޤްތިސާދީ ކަންކަމާ މެދު ރައީސްއަކު ނުވިސްނާ މިންވަރަށް ރައީސް ޑރ. މުއިއްޒު ވިސްނާވާކަމަށެވެ.

"ދިވެހި ރާއްޖެ ލޮކޭޓްވެފައިވާ އޭރިއާ. މި އޭރިއާއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ރެއަކާއި ދުވާލު އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރި ދައުރުވަމުންދާ އޭރިއާއެއް. އެކަމަކު މިހާހިސާބައް އައިއިރު މިކަމުގެ މަންފާ ދިވެހި ރާއްޖެއަށް ހޯއްދަވައި ދެއްވުނު އެއްވެސް ރައީސަކު ނެތް. އެހެންވީމަ އަޅުގަނޑު ޤާބޫލު ކުރަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒަކީ އިޤްtިޞާދީ މާހިރެއް ކަމަށް"

މުޙައްމަދު ވަޖީހު އިބްރާހިމް

މީގެ އިތުރުން، ރޭ ސޮއި ކުރެވިގެންދިޔަ ލ. އިންޓަގްރޭޓެޑް މެރިޓައިމް ހަބް މަޝްރޫޢު އާއި ގޫލޭ ގޮތުން ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ކުރިންވެސް އެ މަސައްކަތް ފެށުމަށް ބޭނުންވާ މާކެޓު ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާ ކަމަށެވެ.

"މި މާކެޓު ކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ އެމްޕީއެލް މުވައްޒަފުން ވަނީ ފަށާފައި. އަޅުގަނޑު ޔަޤީން ކުރަނީ މިއިން ކޮންމެ މަސައްކަތެއް ނިމޭއިރު، މީގެ ޚިދުމަތް ވާނީ ފެށިފައި. ކަސްޓަމަރުން އަންނާނެއޭ ޔަޤީންކަމާއެކު އަޅުގަނޑުމެންގެ އާމްދަނީ އެދުވަހުން ފެށިގެން ލިބިގެންދާނެއޭ"

މުޙައްމަދު ވަޖީހު އިބްރާހިމް

މީގެ އިތުރުން ވަޖީހު ވަނީ ޓްރާންސްޝިޕްމެންޓް ބަނދަރަށް ދުނިޔޭގެ ބޮޑެތި ޝިޕިންގް ލައިނާ ލައިނާތައް ގެންނަން ބޭނުންވާ ކަމަށާ، އެއިން އެންމެ ޝިޕިންގ ލައިނާއަކުންވެސް ރާއްޖޭގެ އިޤްތިޞާދު ބަދަލުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.