ރައީސް ޔާމީން ހައިކޯޓްގައި
ރިޕޯޓް
15 Apr 2024 | 10:36
ރައީސް ޔާމީންގެ މައްސަލަ ނުނިމިގެން މިއުޅެނީ ކީއްވެ؟

ހައިކޯޓުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ އެންމެ ފަހު ޝަރީއަތުގެ އަޑު އެހުން ބޭއްވުމަށްފަހު ހުކުމް އިއްވާ މަޖިލިސް ނުބާއްވައި ދިގުދަންމާލާފައި ހިފަހައްޓައިގެން ތިބޭތާ ފަސް މަސްދުވަސްވީއެވެ.

މިދުވަސްތަކުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުން އާއިލާއާއެކު ޗުއްޓީ ދަތުރުތައް އަޅައި އީދުގެ މަޖަލުގައި ބައިވެރިވެ ލައްކަ ކަންކަން ހިންގަވައިފިއެވެ. މިރާއްޖޭގައި މިފަހަކަށް އައިސް ހިންގި އެންމެ ބޮޑު ސިޔާސީ ޝަރީއަތުގައި އިންތިޚާބަކަށްފަހު އިންތިޚާބެއް، އީދަކަށްފަހު އީދެއް އައިސް ފައިބައިގެންދާއިރު ކުރީގެ ރައީސަކަށް އިންސާފު ގާއިމުކޮށްދޭން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އޮތް މަސްއޫލިއްޔަތުގެ މަތިން މިއިން ބޭފުޅަކު ހަނދުމަފުޅު ވާހެންނެއް ހިއެއް ނުވެއެވެ.

ރާއްޖޭގެ މަސްރަހުން މިފަހަކަށް އައިސް އެންމެ ގަދަޔަށް އިވުނު އަޑަކީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ސަރުކާރުގައި ފުލުފުލުގައި ކުރި ދައުވާތަކުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓުން އިއްވަމުންދިޔަ "ސިޔާސީ ހުކުމް" ތަކަށް އިންސާފު ހޯދައިދިނުމުގެ ވާހަކައެވެ. އެވާހަކަ އެންމެ ބޮޑަށް ދެއްކީ ޔާމީން ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމާއި ޕީއެންސީގެ ލީޑަރުންނާއި އެދެޕާޓީގެ ސަޕޯޓަރުންނެވެ.

ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ސާލިހްގެ ބަދަލުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިންތިޚާބު ކުރުމުން މިހާރު މިއޮތީ ޕީޕީއެމްގެ ސަރުކާރެކެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވިތާ 5 މަސް ދުވަސްވެގެންދިޔައިރު ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނުނަމަ ހައިކޯޓުން މަރުތަޅުއަޅުވައިގެން އުޅޭ މައްސަލާގައި ކޮންމެވެސް ނިންމުމެއް މިހާރު ފެނުނީސް ކަމަށް ޕީޕީއެމްގެ ތެރޭގައި ވާހަކަ ދެކެވެއެވެ. އެގޮތަށް ވާހަކަ ދައްކައި އުޅުނު މީހުން މިހާރު އެވަނީ ޕީޕީއެމާއި ޕީއެންސީން ވަކިވެގެން ޔާމީން ބައިވެރިވެވަޑައިގެން ވަކި ޕާޓީއެއް އުފައްދާފައެވެ.

ރައީސް މުއިއްޒުގެ އަތްޕުޅުގައި ޔާމީނަށް މައާފް ދެއްވުމުގެ ބާރު އެބައޮތްތަ؟

ސުވާލަކީ ހައިކޯޓުން މިމައްސަލަ ނުނިންމައިގެން މިއުޅެނީ ކީއްވެގެންހެއްޔެވެ. ސަރުކާރުގެ ނުފޫޒުން ހެއްޔެވެ. ނުވަތަ އިދިކޮޅު އެމްޑީޕީގެ ނުފޫޒު އަދިވެސް ކޯޓްތެރެއިން ނުނެއްޓިގެން އުޅެނީ ހެއްޔެވެ.

މިސުވާލާއިގެން ދިއުމުގެ ކުރިން އިހަށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ވައްކަމުގެ މައްސަލައިގެ ޝަރީއަތަށް ސާބިތުވެފައިވާ ވައްކަމުގެ އިސް ދެފަރާތް ވައްކަމަށް ޒިރޯ ޓޮލަރެންސްގެ ވައުދުވެވަޑައިގަތް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމުން ފައިބައިވަޑައިގަންނަވަމުން އެވައްކަމަކީ ޖޯކަކަށް ހައްދަވައި ކުއްލިއަކަށް މައާފްދެއްވައި އެ ހެއްދެވިގޮތަށް ރައީސް މުޙައްމަދު މުޢިއްޒު ރައީސް ޔާމީނަށް މައާފް ނުދެއްވައިގެން އުޅުއްވަނީ ކީއްވެގެންތޯ ބަލާލަންޖެހެއެވެ.

ޕީޕީއެމްގެ ވަރަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުން ރައީސަށް މާއާފްދެއްވިދާނެއެވެ. ނުދެއްވަނީ ޔާމީނާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާތީއެވެ.

މިގޮތަށް ހީވިޔަސް ޤާނޫނީ އިލްމުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އަދީބަށް ރައީސް ސާލިހް މައާފް ދެއްވިގޮތަށް ޔާމީނަށް މައާފްދެއްވޭނެ އެއްވެސް ދޮރެއް ހުޅުވިފައެއް ނެތެވެ.

އަދީބަށް މައާފްދެއްވާފައި އެވަނީ ދުރާލައި ރާވައިގެންނެވެ. އަދީބުގެ މައްސަލައިގެ ޝަރުއީ މަރްހަލާތައް އޮތީ ނިންމައިފައެވެ. އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރާން ހުށަނާޅައި ރައީސް އަރިހުގައި އެދިވަޑައިގަތީ މައާފް ކޮށްދެއްވުމަށެވެ. މި މަރްހަލާގައި ރައީސަށް މައާފް ކޮށްދިނުމުގެ ބާރު ގާނޫނީގޮތުން ފަހިކޮށްދީފައި އޮވެއެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ޝަރުއީ މަރްހަލާއެއް ނުނިމެއެވެ. ރައީސްގެ މައާފެއް ޔާމީން ކޮންމެހެން ބޭނުންފުޅެއްވެސް ނުވެއެވެ.

ބޭނުންފުޅުވަނީ ޝަރުއީ މަރްހަލާގެ ތެރެއިން ކުށެއް ނެތްކަން ސާބިތުކުރައްވައިގެން ނުކުމެވަޑައިގަތުމަށެވެ. އެހެންވީމާ ވަޑައިގެންނެވީ ދަށުކޯޓުގެ ހުކުމް ހިއްޕަވައިގެން ހައިކޯޓަށެވެ.

ހައިކޯޓްގެ ފަނޑިޔާރުން މިކުޅުއްވަނީ ކޮންގޭމެއް؟

ރައީސް ޔާމީނަށް ހުކުމްކޮށްދެއްވާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަން ދެއްވި

ސުވާލު މިއުފެދެނީ ހައިކޯޓުގެ އިސްތިއުނާފީ މައްސަލައާއި ގުޅިގެންނެވެ. މިމައްސަލަ ހައިކޯޓުތެރޭގައި ދިގު ދަންމައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ވަނީ ގެއްލުވާލާފައެވެ. 

ރައީސް ޔާމީންގެ ސަޕޯޓަރުން ދެކޭގޮތުގައި ހައިކޯޓުން މިމައްސަލައިގައި އަޅުވައިގެން އުޅޭ ތަޅު ނެއްޓުވުމަށް ސަރުކާރަށް ބާރުއެޅިދާނެއެވެ. އެޖަޒުބާތު ޕީޕީއެމްގެތެރޭގައި ފުދޭވަރަކަށް ގަދައެވެ. އެކަމަކު ހަގީގަތަކީ ރައީސް މުޢިއްޒަށް ޖެހިވަޑައިގެންފައިވަނީ އެއަށްވުރެ ބޮޑު ހާލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީގެ ބާރު ބޭނުންކޮށްގެން އެމަނިކުފާނުގެ ސަރުކާރަށް ރުހުން ނުދީ ރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓަށް ގޮންޖަހާފައި އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް ނަގަން ރާވާފައި އޮތް އިމްޕީޗް ކުރުމުގެ މައްސަލައިން ސަލާމަތްކަން ހޯދަން އޮތީ ޖެހިވަޑައިގެންފައެވެ.

ގުޅިފަޅު މަޝްރޫއުގެ މަސައްކަތް ހުއްޓައިލާން މިދިޔަ ފެބްރުއަރީ މަހު ހައިކޯޓުން ނެރުނު އަމުރުން އެކޯޓުގެ ޝަރީއަތްތަކަށް އެޅިފައިވާ ނުފޫޒާއި ބާރު ތަސައްވަރު ކުރެވިދާނެއެވެ. މީގެކުރިން ހައިކޯޓަކީ ރާއްޖޭގައި އެންމެ އިތުބާރު ކުރެވުނު ކޯޓެވެ. އެކޯޓުގެ ފަނޑިޔާރުންގެ އިންޓެގްރިޓީއާއިމެދު މީހަކު ވަރަށް ސުވާލެއް ނުއުފައްދާނެއެވެ.

އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށުކޯޓްތައް އޯވަރހޯލްކޮށް ކުރީގެ ފަނޑިޔާރުންތައް ބޭރުކޮށް ރައީސް ޔާމީންގެ ޝަރީއަތާއި ދިމާކޮށް ހައިކޯޓަށް މުޅިން އާ ބެންޗެއް އުފެއްދިފަހުން އެކޯޓާއިމެދު  ކުރެވޭ އުއްމީދެއް މިހާރަކު ނުފެންނާނެއެވެ.

އެންމެފަހުން އިސްކުރި ދެފަނޑިޔާރުންނަކީވެސް ޖޭއެސްސީގެ ރައީސާ ރަނގަޅަށް އިތުބާރު ހޯއްދަވާފައިވާ ދެފަނޑިޔާރުންކަމަށް ބުނާތީ އިވެއެވެ. ފަނޑިޔާރުގެއާއި ކުޅެފައިވަނީ ވަރަށް ބޮޑަށް ރާވައި މުޅި ނިޒާމްގެ ކޮންޓްރޯލް އަތުލައިގަނެވޭގޮތަށެވެ. އެހެންވީމާ ހައިކޯޓު މިހާރު އެކުލަވާލެވިފައި އޮތްގޮތަކީ އިދިކޮޅުގެ ބާރާއި ނުފޫޒު ނެތްތަނެއްކަމަށް ގަބޫލުކުރަން އުނދަގުލެވެ.

ކޯޓަށް ނުފޫޒުފޯރުވުން ހުއްޓިއަސް މިނިވަނެއްނުވޭ

ރައީސް މުހައްމަދު މުއިއްޒުގެ ވައުދަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސީދާ ސަރުކާރުން ކޯޓްތަކަށް ފޯރުވަމުން އައި ނުފޫޒު ދޫކޮށްލައްވައި ފަނޑިޔާރުގެއަށް މިނިވަންކަން ދީ އިންސާފުވެރި ޝަރީއަތެއްގެ ތެރެއިން ޔާމީނަށް އިންސާފު ގާއިމުކޮށްދިނުންކަމުގައި ވިޔަސް އެކަމެއް ނުހިގިއެވެ.

ރައީސް ޔާމީންގެ މައްސަލާގައި ސާލިހްގެ ވެރިކަމުގައި ހައިކޯޓްގައި އެޅުވި ތަޅެއް ނުހުޅުވުނެވެ. އެކޯޓަށް ނުފޫޒު ފޯރުވަނީ އިދިކޮޅު އެމްޑީޕީންކަމެއް ނުވަތަ ސަރުކާރުން ކަމެއް ބުނާކަށެއް ނޭނގެއެވެ. އެނގޭކަމަކީ ރައީސް ޔާމީން ޖަލުން ނުކުމެވަޑައިނުގެންނެވޭނެ ހުރިހައި ގޮތެއް އެމްޑީޕީން ރާވައިގެން ތިބި ކަމެވެ.

ރިޔާސީ އިންތިޚާބުތެރޭގައި އޭރުގެ ހޯމް މިނިސްޓަރ އިމްރާންގެ ލޯފުޅުން ފައިބައިގެންދިޔަ ކަރުނަތަކާއި ކުރަމުންދިޔަ ދުއާތަކުން އެކަނިވެސް ވިސްނާ މީހަކަށް ފުދިދާނެއެވެ. އެމްއެމްޕީއާރްސީގެ މައްސަލާގައި އަދީބު ވިއްކި ހުރިހައި ރަށެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ހުންނެވީ ނަންގަވައިގެންނެވެ. އެއްމައްސަލައަކަށްފަހު އަނެއް މައްސަލައެކެވެ. ހީވަނީ އަދީބަށް އަންނަން އޮތް 800 އަހަރުގެ ޖަލު ހުކުމް ޔާމީނަށް އިއްވަން ނިންމަވައިގެން ތިބި ހެންނެވެ.

ކޮންމެއަކަސް ރައީސް ޔާމީނުގެ މައްސަލާގައި ހައިކޯޓަށް ނުފޫޒުފޯރުވާފައިވަނީ މިދިޔަ ދުވަސްތަކުގައި ކަންކަން ފެނިފައިވާ ގޮތުން ސަރުކާރުންކަމަށް ބުނަން އެހާ ފަސޭހައެއް ނޫނެވެ.

ކޯޓްތަކުގެ ކޮންޓްރޯލް އަބަދުވެސް އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮންނަ ބަޔަކަށެވެ. ރައީސް ޔާމީން ވަކި ސިޔާސީ މަސައްކަތްޕުޅެއް ފައްޓަވާފައިވާތީ ޕީޕީއެމާއި ޕީއެންސީގައި ތިބި ސަޕޯޓަރުން ބައިކޮޅަށް ގެންނަވަން ކުޅުއްވާނެ ކުޅި އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ.

މިވަގުތު އެމަނިކުފާނަށް އެންމެ ފައިދާ ބޮޑީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެކަން އެޅުއްވުމެވެ. ސާފު މަންޒަރެއް ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުނީމައެވެ.

ހިނިއަންނަންޖެހޭ ކަމަކީ ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން އެމަނިކުފާނު ޖަލުގެ ކުޑަގޮޅިއަށްލި އެމްޑީޕީން އިއްޔެ ކުއްލިއަކަށް ތެދުވެ ޖޭއެސްސީގެ ދޮރުގައި ޓަކިޖައްސަވާނެކަމަށް އެޕާޓީގެ އިސްލީޑަރެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވުމުންނެވެ. ރަނގަޅު ސާފު މަންޒަރެއް ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުނީމައެވެ.

ކޮމެންޓް
ހިބަރު
މނޖނލޔ ބޭނުމިއްޔާ ރައިސްއަށް މާފުދެވޭނެ
15 Apr 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.