ހަނިމާދޫ އެއާޕޯޓްގައި މޯލްޑިވިއަންގެ ބޯޓެއް-
ހަބަރު
15 Apr 2024 | 20:58
މެދުކެނޑުމަކަށްފަހު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުން ބޭރުގެ ދަތުރުތައް ފަށައިފި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން އޮޕަރޭޓް ކުރަމުންއަންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން އިންޓަރނޭޝަނަލް ދަތުރުތައް ފަށައިފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ދަތުރުތަކަށް މެދުކެނޑުމެއްއައީ އެއަރޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފެށުނު ހިސާބުންނެވެ.

އާރްއޭސީއެލް އިން ބުނިގޮތުގައި އެ މަޝްރޫޢު ފެށުމުގެ ކުރިންވެސް ކުންފުނީގެ އަމާޒަކަށްފެވައިވަނީ އެއަރޕޯޓުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނުގެނެސް މަސައްކަތް ކުރިއަށް ގެންދިއުމެވެ. އެހެންނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތްކުރިއަށް ގެންގޮސް އަވަހަށް ޕްރޮޖެކްޓް ނިންމާލުމަށްޓަކައި އެއަރޕޯޓު އޮޕަރޭޓްކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންޓަރނޭޝަނަލް ފްލައިޓް ކެންސަލް ކޮއްލަން ޖެހުނީއެވެ. 

އެއަރޕޯޓްގެ ހިދުމަތްތަށް ތަރައްގީ ކޮށް އިތުރަށް ފުޅާ ކުރުމަށްޓަކާ 2465 މީޓަރުގެ އާރަންވޭއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން، މިހާރު މިވަނީ 1200 މީޓަރުގެ މަސައްކަތް އެއްކޮށް ނިމި މިހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލެވިފައިވާ ކަމަށް އާރްއޭސީއެލް އިން ވަނީ ބުނެފައެވެ. 

އަދި މީގެ އިތުރުން، 2465 މީޓަރުގެ އާރަންވޭގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް މިހިނގާ އެޕްރީލް މަހުގެ ނިޔަލަށް ނިންމާލެވިގެން ދާނެ ކަމަށާ، އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޝަން އަލުން ފެށުމާ އެއްކޮށް، ހަފްތާއަކު ދެ ފްލައިޓް (ހުކުރު އަދި ހޯމަ) ދުވަހު އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީން ބުނީ، އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު މުބީން ގެ އިރުޝާދުގެ ދަށުން އާ ސަރުކާރުގެ ޕްލޭންއ އެއްގޮތަށް މުޅި އެއަރޕޯޓްގެ މަސައްކަތްތަށް މިހިނގާ 2024 ވަނަ އަހަރު ެގ ނޮވެންބަރ މަހު ނިމި އޮޕަރޭޝަން އަށް ހުޅުވާލެވިގެން ދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
މިނިސްޓަރު ޝަހީމް ސަޢުދީއަށް ފުރާވަޑައިގެންފި
މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
19 Aug 2026
ނުވަ ދުވަހުގެ ދަތުރުފުޅެއްގައި ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގެންފި
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އެންލައިޓްން" ގެ ނަމުގައި ގެންދާ މި ޕްރޮގްރާމް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
19 Aug 2026
ޤުރްއާން އެސްއެސްސީ އިމްތިޙާނުގެ ޕައިލެޓް ޓެސްޓު ނޮވެމްބަރުގައި ބާއްވަނީ
ޤުރްއާން އެސްއެސްސީ އިމްތިޙާނު 2027 ގައި ރަސްމީކޮށް ފެށުމަށްޓަކައި މިއަހަރު ނޮވެމްބަރުގައި 10 ސްކޫލެއްގައި ޕައިލެޓް ޓެސްޓެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
19 Aug 2026
"ހުވަފެނީ ތަސްވީރު" ލަވައިގެ ކިޔުންތެރިޔާ ދިމާކޮށްގެން ހަދިޔާއެއް ހޯދުމުގެ ފުރުސަތު
ލަވައިގެ އަޑުގެ ވެރިޔާއަކީ ކާކުކަން އެނގުމަށް ގިނަ ބަޔަކު ޝައުޤުވެރިވެފައި ތިބި ނަމަވެސް ކްރިއޭޓިވް ނެޓްވޯކުން ބުނާ ގޮތުގައި ލަވަކިޔުންތެރިޔާ އާއި ޕްރޮޖެކްޓާ ބެހޭ އިތުރު މަޢުލޫމާތު ހާމަކުރުމަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ
19 Aug 2026
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން ނުނިންމާ
އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
19 Aug 2026
އިންޑިއާގެ ސޮވެރިން ކްރެޑިޓް ރޭޓިން ޓްރިޕަލް ބީ މައިނަސްގައި ހިފަހައްޓައިފި
ފިޗުން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވި ލޮޅުންތަކާއެކުވެސް، އިންޑިއާގެ އިގްތިސާދީ ކުރިއެރުން ވަނީ ވަރުގަދަކޮށް ހިފެހެއްޓިފައެވެ.
19 Aug 2026
ޑޮލަރުގެ އަގުބޮޑުވާ ޚަބަރު ޝާއިޢުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހެއް
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ޢާންމުކުރުން ކުށަކަށް ހެދުމަށް ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
19 Aug 2026
އެމްއެންޔޫގެ ނުވަ ވަނަ ތެވެލި ކޮންފަރެންސް ފަށައި، ޕްރޮފެސަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެމްއެންޔޫގެ ނުވަ ވަނަ ތެވެލި ކޮންފަރެންސް މެޑަމް ސާޖިދާ ހުޅުވައިދެއްވައި، ޔުނިވަރސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރޮފެސަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.