ލ.ކައްދޫ އެއަރޕޯރޓްގެ މަންޒަރެއް. ފޮޓޯ؛ އަވަސް އެމްވީ
ހަބަރު
18 Apr 2024 | 13:11
ކައްދޫ އެއަރޕޯޓުގެ %100 ހިއްސާދާރުގެ ގޮތުގައި ރީޖަނަލް އެއަރޕޯޓްސް ހަމަޖައްސައިފި

ލ. ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

އާރުއޭސީއެލްގެ އިން ބުނި ގޮތުގައި އިއްޔެއިން ފެށިގެން ކައްދޫ އެއާޕޯޓް ހިންގުން ވަނީ އެކުންފުންޏާ ހަވާލުކޮށްފައިއެވެ.

އަދި މިއީ ރައީސް މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން ރާއްޖޭގެ ވައިގެ ދަތުރުގެ ނިޒާމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ތެރެއިން ނިންމެވި ނިންމުމެއް ކަމަށް ވެސް ބުނެފައިވެއެވެ. 

އާރްއޭސީއެލް އިން ބުނެފައުވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއީޒުގެ މިނިންމެވު ާމއެއްކޮށް ކައްދޫ އެއަރޕޯޓްގެ %100 ހިއްސާދާރެއްގެ ގޮތުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވެގެންދިޔައީއެވެ.

ކައްދޫ އެއަރޕޯޓް އަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓް ތަކުގެ ތެރެއިން އެއް އެއަރޕޯޓްއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތައް ލ. ކައްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ޗައިނާގެ ސީ އެމް ސީއީ ކުންފުންޏާ އެކު މި ހިނގާ އެޕްރީލް މަހުގެ 11 ވަނަ ދުވަހު ވަނީ އެމް އޯ ޔޫ އެއްގައި ސޮއި ކުރެވިފައެވެ.

ކައްދޫ އެއަރޕޯޓްގެ ހިންގުމަށް މިއައި ބަދަލާ އެއްކޮށް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ދަނީ ކައްދޫ އެއަރޕޯޓް މިހާރު ހިންގަމުން އަންނަ ކޭ އޭ ސީ އެލް އާއެއްކޮށް އެއަރޕޯޓްގެ އޮޕަރޭޝަންއާ ހަވާލުވުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ތައްޔާރު ވަމުން ކަމަށް އެ ކުންފުނިން ބުނެއެވެ. 

ކައްދޫ އެއަރޕޯޓް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށަށް ގެނެވުމާއެއްކޮށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން އޮޕަރޭޓް ކުރަމުންއަންނަ އެއަރޕޯޓް ތަކުގެ އަދަދު ވަނީ 8 ކަށް އަރާފައެވެ.

ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީއަކީ މިވަގުތު ރާއްޖޭގަ އޮތް އެންމެގިނަ އެއަރޕޯޓްތައް ހިންގަމުންދާ ކުންފުންޏެވެ. އަދި ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީއާ ޑޮމެސްޓިކް އެއެރޕޯޓްތަކުގެ ހިންގުން ހަވާލު ކު ެރވުނުފަހުން އެއެއަރޕޯޓް ތަކުގެ ހިންގުން ރަނގަޅުކުރުމާއި ރެގިއުލޭޓަރީ މިންގަނޑުތައް ފުރިހަމަކުރަމުން ގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ