ހޯރަފުށި އެއާޕޯޓު-- ފޮޓޯ: އެމްޓީސީސީ
ހަބަރު
18 Apr 2024 | 16:46
ހޯރަފުށީ އެއާޕޯޓަށް ގެންގޮސްފަައިވާ ފަޔާ ޓްރަކަކީ 25 އަހަރުވީ ބާ މުދާގަނޑެއް: މުބީން

ހއ.ހޯރަފުށީ އެއާޕޯޓުގައި ބޭނުންކުރުމަށް ގެންގޮސްފައިވާ ފަޔާ ޓްރަކަކީ 25 އަހަރުވީ "ބާ މުދާގަނޑެއް" ކަމަށް  ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓް އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓްގައި ބޭނުންކުރާ ފަޔާ ޓްރަކަށް މައްސަލަތައް ދިމާވެ އެ އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއަރާއިރު، މިކަމާއި ގުޅިގެން މުބީން ވިދާޅުވީ، ހޯރަފުށީ އެއާޕޯޓްގައި ބޭނުންކުރުމަށް ކުރީގެ ސަރުކާރުން ފަޔާޓްރަކް ގެނެސްފައި އޮތީ ހަނިމާދޫގެ ނަމުގައި ކަމަށާއި، ހޯރަފުށީ އެއާޕޯޓަށް ގެންގޮސް ބޭނުން ކުރާ ފަޔާ ޓްރަކަކީ 25 އަހަރުވެފައިވާ ބާ އެއްޗެއް ކަމަށެވެ.

މުބީން ވިދާޅުވީ، ހޯރަފުށި އެއާޕޯޓްގައި އޮތީ ކޮން އަގެއް ޖަހައިގެން ހޯދާފައި އޮތް އެއްޗެއް ކަން ނޭނގޭ ކަމަށާއި، އެ މައުލޫމާތު ފިނޭންސްގައި އޮންނާނެ ކަމަށެވެ.

"އެއީ ތެދެއްގެ އޭގެ ސަބަބުން އޮޕަރޭޝަނަށް ބޮޑެތި ބުރޫތައް އަރާ، ވަރަށް ތަކުލީފުތައް އުފުލަންޖެހޭ، އަޅުގަނޑަކަށް ނޭނގޭ މި ކޮން އަގެއް ޖަހައިގެން ހޯދާފައި އޮތް އެއްޗެއް ކަން ސީދާ ދަންނަވާކަށް، އެ މައުލުމާތު ފިނޭންސްގައި އޮންނާނެ. އެކަމަކު އަޅުގަނޑުމެން ބެލިބެލުމުން އެނގުނު މީ 25 އަހަރުވީ ބާ މުދާގަނޑެއްކަން،"

މުބީން ވިދާޅުވިއެވެ.

ހަމައެއާއިއެކު މުބީން ވަނީ މާވަރުލު އެއާޕޯޓަށް ވެސް ހޯދާފައި އޮތީ ބާ ޓްރަކެއް ކަމަށް ވިދާޅުވެ އޭގެ ސަބަބުން އެ އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ވެސް ދަތިތަކާ ދިމާވެފައިވާ ކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ދޮނާބެ
ކަލޯ އަވަހަށް ހިގާ ތާކުން އަގުހެޔޮ އެއްޗެއް ހޯދާފަ ފަންސާސް ނުނަ ލާފަ އެއްޗެއް ވިއްކާލަން މަ ހޯދަންތަ ތިން ކޯޓޭޝަން ބުރޯ ވާނެ އޯކޭކުރަން
19 Apr 2024
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.