ރައީސް ޔާމީން ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަނީ- ފޮޓޯ/ ތޭރަ އޮންލައިން
ހަބަރު
19 Apr 2024 | 09:48
އަޅުގަނޑުގެ ގޭގައި ދަމާފައި ހުރި އިންޑިޔާ އައުޓް ބެނާ ހޯދައިގެން، އެ އަލުން ދަމާނަން: ރައީސް ޔާމީން

އެމަނިކުފާނުގެ ގެކޮޅުގައި ދަމާފައިހުރި “އިންޑިޔާ އައުޓް” ބެނާ ފުލުހުންގެ އަތުން ހޯދައިގެން އެ ބެނާ އަލުން ގޭގެ ބޭރުގައި ދަމާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން ނޫސްވެރިންނަށް ރޭ ދެއްވި ފުރަތަމަ ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ޕީޕީއެމް/ ޕީއެންސީގެ ބޭފުޅުން “އިންޑިޔާ އައުޓް” ގޮވި ނަމަވެސް މިއަދު އެ ވާހަކަ ދައްކާ އަޑު ނީވޭ ކަމަށެވެ. 

އަދި ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހުގެ ގަރާރަކުން އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވާފައި ވާއިރު، އެ ގަރާރު ނެރެވޭނެ ކަމަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެން ނަމަވެސް، އަދިވެސް އެ ގަރާރު ބާތިލް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑުމެން އެންމެން އިދިކޮޅުގައި ތިބި އިރުން ފެށިގެން ދެއްކި ވާހަކައެއް،  އިންޑިޔާ އައުޓް ގަރާރަކީ ގަނޫނާ ޚިލާފަށް ނެރުއްވި ގަރާރެއް ކަމަށް. ހުރިހާ ލޯޔަރުން އެއްބަސްވޭ. އެކަމު މި ސަރުކާރު، އަޅުގަނޑުމެންގެ ސަރުކާރު އައިއްސަ އޭތި ދިފާއު ކުރަނީ ކީއްވެގެންހެއްޔޭ. ކީއްވެގެން ހެއްޔޭ މިހާރު އިންޑިޔާ އައުޓް ނުހިންގިގެން މިއުޅެނީ. 

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް

މިއާއެކު އިންޑިޔާ އައުޓް ކެންޕެއިން ކުރިއަށް ގެންދަވަން ނުކުންނަވާނަންތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވަނީ އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން” ކަމަށް ވިދާޅުވެފައެވެ. ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސިޔާސީ ގަބޫލުކުރުންތަކާއި އުސޫލުތަކަށް ބަދަލެއް ނާދެއެވެ. އަދި މިއަދު އެމަނިކުފާނު ކިރައްވާނެ ކަމަކީ، އެމަނިކުފާނުގެ ގެކޮޅުގައު ދަމާފައި ހުއްޓާ ފުލުހުން އައިސް ނެންގެވި ބެނާ ހޯއްދަވައިގެން އެ ބެނާ އަލުން އެ ގޭގެ ބޭރުގައި ދެމުން ކަމަށްވެސް ވިދާޅުވިއެވެ. 

މާދަމާ، (މިއަދު) ކުރަން ނިންމާފައި އޮތް ކަމަކީއަޅުގަނޑުމެން ގޭގައި ދަމާފައި އޮތް އިންޑިޔާ އައުޓް ބެނާ، ފުލުހުން ވަނީ ގެންގޮއްސަ. އެ ހޯދުމުގެ މަސައްކަތް މާދަމާ ކުރާނީ. ކޯޓަށް ވަންނާނަން. ފުލުހުންނަށް ފުރަތަމަ ލިޔާނީ އެ ބެނާ ދޭށޭ. ދެން އިތުރު އެއްޗެއް ޚަރަދު ނުކޮށް އެ ބެނާ ދަމާލެވުނިއްޔާ ރަނވަޅުވާނެ ދެއްތޯ

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް

ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އިދިކޮޅުން ފެށި އިންޑިޔާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބުނެ ޞާލިހު ނެރުއްވި ގަރާރާއި ގުޅިގެން މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަމާފައި ހުރި އިންޑިޔާ އައުޓް ބެނާތައް ފުލުހުން ވަނީ ނަގާފައެވެ. އެގޮތުން ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބޮޑު ބެނާވެސް ފުލުހުން ނެގިއެވެ. 

ކޮމެންޓް
އަހުދުނާމާ
ވެރިކަމުގެ 5 އަހަރު ނުވީކަމެއް ކިހިނެއްތޯ ވާނީ އެމްޑީޕީއާ ގުޅުނީމަ
19 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.