އއ. ރަސްދޫގެ ދަނޑެއް- ފޮޓޯ/ސޯޝަލް މީޑިއާ
ހަބަރު
19 Apr 2024 | 19:31
މިސަރުކާރުގެ ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމުގެ ސިޔާސަތަށް ދުނިޔޭގެ ސަމާލުކަން

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިސަރުކާރުން ގެންގުޅުއްވާ ތަސައްވުރަށް އޭޑީބީން ތައުރީފުކޮށްފިއެވެ.

އޭޑީބީން މިކަމަށް ތަޢުރީފް ކޮށްފައިވަނީ މި އޭޕްރީލް މަހު ނެރުނު އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކްގައެވެ.

އެގޮތުން އޭގައި ބުނީ ރާއްޖޭގައި ދަނޑުވެރިކަން ކުރާ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5900 ހެކްޓަރު ނަމަވެސް ރާއްޖޭގައި އުފެއްދެނީ އާބާދީއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ %10 ކަމަށެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ދަނޑުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރަނީ އެންމެ %1.5 ކަމަށާ ހަމައެކަނި އެކަމުންވެސް ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރަންޖެހޭކަން ހާމަވާކަމަށް އެ އައުޓްލުކްގައި ބުނެފައިވެއެވެ. 

ކަންމިހެން ހުރި ނަމަވެސް، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގޮންޖެހުންތަކެއްވެސް ހުރިކަމަށް އޭޑީބީން ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުވުމާއި، ދަނޑުވެރިކަމުގެ ސިނާއަތުގައި ލޯނު ލިބުން ދަތިވުމާއި އަދި ދަނޑު ހެއްދުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު ބޮޑުވުން ހިމެނޭކަން އެ އައުޓްލުކްގައި ފާހަގަކޮށްފައިވެއެވެ. 

މިއާއެކު ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ދަނޑުވެރިކަމުގެ ބާވަތްތައް ތައާރަފްކޮށް ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އޭޑީބީން ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ވީސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޒަމާނާއި ރަހުމަތްތެރި ދަނޑުވެރިކަން ތައާރަފްކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް ތަޢުރީފް ކޮށްފައެވެ. 

ޒަމާނީ ވަރޓިކަލް ފާމިން މެދުވެރިކޮށް މުޅި ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ސަބަބުން މުޅި ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި އުފެއްދޭ ކާ އެއްޗެހީގެ ބާވަތްތައް އެހެން ޤައުމުތަކުން އިމްޕޯޓު ކުރުން ނިމުމަކަށް ގެނެސް ރާއްޖޭގައި އަމިއްލައަށް، ކާބޯތަކެތި އުފެއްދުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. 

އެގޮތުން، ދިވެހި ރައްޔިތުންނަށް، ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް، އުތުރު ތިލަފަޅުގައި، 200 ހެކްޓަރުގެ ބިން ހިއްކައިގެން އިންޓެގްރޭޓް ޑިވެލޮޕްމަންޓާއެކު، އެގްރިކަލްޗަރ އިންޑަސްޓްރިއަލް ޒޯނެއް ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. 

އަދި މީގެ އިތުރުން ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެތިވެސް ރާއްޖޭގައި އުފައްދާ ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.