ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުޢިއްޒު އާއި ޗެއަރޕާސަން އަބްދުއްރަހީމް އަބްދުالله-ފޮޓޯ/ ވޮއިސް
ހަބަރު
21 Apr 2024 | 10:18
ކުރިންވެސް ތަންތަނުގައި ހުޅުޖެހީ އެމްޑީޕީން؛ މި ޕާޓީގެ ކެންޑިޑޭޓުންނަކީ އެހެންއުޅޭ ބައެއް ނޫން: ޕީއެންސީ

މީގެ ކުރިންވެސް ތަންތަނުގައި ހުޅު ޖަހާފައި ވަނީ އިދިކޮޅު އެމްޑީޕީން ކަމަށާ، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަކީ އެފަދަ ކަންކަން ކުރާނެ ބައެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކ.ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ⁦އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެ ދާއިރާގެ ރަށް ކ.ދިއްފުށީގައި ދިރިއުޅޭގޭގައި ހުޅުޖަހައި ރޯކުރާނެ ކަމުގެ އިންޒާރު ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ނަސީމްގެ ސަޕޯޓަރުންދީފައިވާ ކަމަށް އެމްޑީޕިން ރޭ ވަނީ ތުހުމަތު ކޮށްފައެވެ.

އަދި ޕީއެންސީގެ ކެންޑިޑޭޓްގެ ސަޕޯޓަރުން ރަށުގެ އަމާންކަން ނަގާލައި އެމްޑީޕީ ކެންޑިޓޭޓަށް ދުއްތުރާ ކުރާ ކަމަށްވެސް ތުހުމަރުކޮށް އެޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. 

އެ ތުހުމަތުތަކަށް ރައްދުދީ ޕީއެންސީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެއީ ބުހުތާން ދޮގެއް ކަމަށް ބުނެ އެފަދަ ދޮގު ނުފަތުރާން ގޮވާލާފައެވެ.

އަދި އެމްޑީޕިން އެފަދަ ވާހަކަތައް ފަތުރަނީ ފިތުނަ ފަސާދަ އުފެއްދުމަށް ކަމަށް ބުނެ އެކަން ޕީއެންސީން ވަނީ ކުށްވެރިކޮށްފައެވެ.

“ޕީއެންސީގެ ކެންޑިޑޭޓުންނަކީ ތަންތަނުގައި ހުޅުޖަހާނެ ބައެއް ނޫން. މީގެ ކުރިންވެސް ތަންތަނުގައި ހުޅުޖަހާ، ޤައުމު ހަލަބޮލި ކުރީ އެމްޑީޕީން.” ޕީއެންސީން ބުނެފައި ވެއެވެ. 

ޕީއެންސީން މިހެން ބުނެފައިވާއިރު، އެމްޑީޕިގެ ފުރަތަމަ ވެރިކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު ބައެއް ރަށްރަށުގެ ކޯޓުތަކާއި ކައުންސިލް އިދާރާތަކުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި ބައެއް ރަށްރަށުން ފުލުހުން ބޭރުކޮށްލައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.