ބަޔަކު ވޯޓުލާން ކިޔުގައި- ފޮޓޯ/ އީސީ
ހަބަރު
21 Apr 2024 | 14:41
ވޯޓުލާ ދުވަސް ހޫނުގަދަ ދުވަހަކަށް؛ މާލެއަށް އިހްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މިއަދު ވޯޓުލަމުން އަންނައިރު، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44 ޑިގުރީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފިއެވެ.

މަޖިލީހުގެ ވޯޓުލުން މިއަދު 8:00 އިން ފެށިގެން ކުރިއަށްދާއިރު، ރާއްޖޭގެ ގިނަ ރަށްތަކަށް މިއަދު މެންދުރު ފަހާ ޖެހެންދެން ވަރަށް ހޫނު ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މިއަދު އެންމެ ހޫނުގަދަވާނީ މާލެ ސަރައްހައްދަށެވެ. އެގޮތުން، 11:00ގައި ހުޅުލެއަށް ހޫނުމިން ހުރީ 32.7 ޑިގުރީގައި ކަމަށާ ހޫނުމިން އެވަރަށް ހުރި ނަމަވެސް މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.2 ޑިގުރީގައި ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި، އުތުރުގެ ރަށްތަކަށް އިހުސާސްކުރެވޭ ހޫނުމިން 43.7 ޑިގްރީގައި ހުރިއިރު ދެކުނުގެ އެ ރަށްތަކުގެ ހޫނުމިން ހުރީ 42.8 ޑިގުރީގައި ކަމަށް ބުނެފައިވެއެވެ. 

މިއަދުގެ މެންދުރު ފަހުން ހޫނު މަޑުވާން ފަށާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު މަޖިލީހުގެ ވޯޓުލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އީސީން ބުނެފައިވެއެވެ. 

މިއަދަކީ ރާއްޖެއަށް ހޫނު ގަދަ ދުވަހެއް ނަމަވެސް، މެންދުރު 13:00 އާ ހަމައަށް އެއް ލައްކަ މީހުން ވޯޓުލާފައިވާ ކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.