ވަޒީރު ފައިސަލް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Apr 2024 | 10:00
ގަމާއި ފޮނަދޫ ސިޓީއަކަށް ވެގެންދާނީ މި ސަރުކާރުގައި: ވަޒީރު ފައިސަލް

ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްޤީވެފައި އޮތް ސިޓީއަކަށް ލ. ގަމާއި އެއަތޮޅު ފޮނަދޫ ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިސަލް މިފަދައިން ވިދާޅުވީ، މިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓި ޕީއެންސީ އަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން ފައިސަލް ވިދާޅުވީ، ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވާ ތަން ދެކެން ބޭނުންވާކަމަށާއި، އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްޤީގެ ހުރިހާ ކަމެއް ސަރުކާރުން ގާއިމު ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ސަރުކާރުން ގާއިމު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްޤީވެފައި އޮތް ސިޓީއަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް ޑރ. މުޢިއްޒުގެ މި ސަރުކާރުގައި،"

ވަޒީރު ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި ގަމާއި ފޮނަދޫގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބުކަމަށާއި ސިޓީއެއްގެ ދަރަޖައަށް ބަދަލުކުރެވި، އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށާއި އެކަން ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެ ވަޒީރު ވަނީ ސަރުކާރަށް މިފަދަ ކާމިޔާބެއް ހޯދައިދިނީތީ ޕީއެންސީގެ ނަމުގައި ލ އަތޮޅު ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
އިއްބެޔĺ
މިހާރުތިޔަދަނީއަމިއްލައެދުމަށްބާރުގެބޭނުންކުރަމުން
27 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.