ވިލިމާލެ ދާއިރާގެ އިންތިހާބީ ކެނޑިޑޭޓް މުޙައްމަދު އިސްމާޢީލް-- ފޮޓޯ: ހިރާސް
ހަބަރު
27 Apr 2024 | 16:25
ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އައިސްފައި އޮތް އަނދިރިކަން ފިލުވަދީ މާކިއުރީ ލައިޓް ޖަހައިދޭނަން: މުޙައްމަދު އިސްމާޢީލް

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވިލިމާލެ އަށް އައިސްފައި އޮތް އަނދިރިކަން ފިލުވާލާ، މުޅި ރަށުގައި މާކިއުރީ ލައިޓް ޖަހައިދޭނެ ކަމަށް ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލިބުނު ކާމިޔާބީ  ފާހަގަކޮށް ޝުކުރު އަދާކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ ވެދިޔަ 15 އަހަރު ތެރޭގައި އޮތް މަލްޓި ޕާޓީ ޑިމޮކްރަސީގެ ތެރެއިން ވިލިމާލެއަށް އައިސްފައި އޮތް އަނދިރިކަން ފިލުވައިދީ މާކަރީ ލައިޓް ޖަހައިދޭނެކަމަށެވެ.

"ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މި އައިސްފައި އޮތް އަނދިރިކަން އަޅުގަނޑު ފިލުވަދީ، މި ތަނުގައި، މުޅި ރަށުގައި މާކަރީ ލައިޓަށް ބަދަލުކޮށްދޭނަން. އެއީ މި ކަންކަން ކުރަން ޖެހޭ ގޮތަކީ.  އެއީ މި ކަންކަން ކުރެވޭނެ ގޮތަކީ. "

މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ކަންކަން ކޮށްދޭން ހުރި ރައީސެއްގެ އެންމެ އަރިހުގައި މަސައްކަތްކުރާ އެކެއް ގެ ހައިސިއްޔަތުން ރައީސް ޑރ.މުޢިއްޒު ގެ މެނިފެސްޓޯގައި ވިލިމާލެ އަށް ގެނެސްދިނުމަށް ނިންމާފައި ހުރި ކަންތައްތަކުގެ99 އިންސައްތަ ގެނެސްދެއްވާނެ ކަމަށް ވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.