މުހައްމަދު އިސްމާއީލް އާއި ޑރ މުހައްމަދު މުޢިއްޒު- ފޮޓޯ/ ޕީއެންސީ
ހަބަރު
29 Apr 2024 | 11:29
ރައީސް ޑރ. މުޢިއްޒު އަޅުއްވާ ކޮންމެ ފިޔަވަޅަކުންވެސް ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަސްލަހަތު: މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަޅުއްވާ ކޮންމެ ފިޔަވަޅަކުންވެސް ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށް ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

މުހައްމަދު މިހެން ވިދާޅުވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔަވަމުންދާ މެޑިކަލް ސްކޫލުގެ ދަރުވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރަން ނިންމުމާއި ގުޅިގެން އެ ދަރިވަރުން ކަންބޮޑުވުންފާޅުކުރެއްވުމާއިއެކު، މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވުމާއި ގުޅިގެންނެވެ. 

‏އެގޮތުން މުހައްމަދު އިސްމާޢީލް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހީންރާއްޖޭގެ ނައުގެ ހުންގާ ރައީސް މުޢިއްޒަށް ހަވާލުކުރި ކުރުމަކީ މި ފަހުގެ ތާރީހެއްގަ ދިވެހިރައްޔިތުން ދިވެހި ގައުމަށްޓަކައި ނިންމި އެންމެ މުހިންމު ނިންމުންކަން މިއަދު ދިވެހި ރައްޔިތުން ހިތާ ރޫހުން ގަބޫލް ކުރާނެ ކަމަށެވެ.

ރައީސް ޑޮކްޓަރ މުއީއްޒު އަޅުއްވާ ކޮންމެ ފިޔަވަޅަކުންވެސް ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަސްލަހަތު އިސްކުރުމާއެކު ގައުމީ މަސްލަހަތު ދަމަހައްޓަވާތަން

މުހައްމަދު އިސްމާޢީލް

މެޑިސިން ކިޔަވާ ދަރުވަރުންގެ ކަންބޮޑުވުމާއި އެކު ސަރުކާރުން ވަނީ މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ. 

އެގޮތުން ދަރިވަރުންގެ ތަޢުލީމީ ހައްޤުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަކަ ކުރައްވާ، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ މެޑިސިން ކިޔަވާ ދަރިވަރުންނަށް ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.