ޗިކުންގުންޔާ ޖައްސާ އިޑީސް މަދިރި
ހަބަރު
01 May 2024 | 18:40
ޗިކުންގުންޔާ އަދިވެސް ފެތުރެނީ؛ ރައްކާތެރިވުމަށް މިކަން ކަމަށް ސަމާލުވޭ!

ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފިއެވެ. 

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރު ޗިކުންގުންޔާގެ 134 ކޭހެއް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އޭގެ ތެރެއިން 129 ކޭސް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގައި ކަމަށްވާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން، މާލޭ ސަރަހައްދުން މިއަހަރު 130 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ. 

މި ބަލި ޖެހުމުން އެންމެ އާންމުކޮށް ފެންނަ އަލާމާތްތައް: 

39 ޑިގްރީ ސެލްޝިއަސްއަށް ހުން ގަދަވުން

ގަދައަށް ބޮލާއި ގައިގައި ރިއްސުން

ހުޅުހުޅުގައި ރިއްސުން

ހުޅުހުޅު ދުޅަވުން

ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން

ގައިގައި ރަތް ބިހިތަކެއް ނެގުން

ޗިކުންގުންޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލުކުރާ މިހުންނަށެވެ. އެހެންކަމުން މި އުމުރުފުރާގެ މީހުން ގެއިން ބޭރަށް ނުކުމެ އުޅުމުގައްޔާއި މަދިރި ގިނަވާ ވަގުތުތަކުގައި މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. 

ޗިކުންގުންޔާ ޖެހުމުން ކަން ކުރަންވީ ގޮތް

1) އަރާމުކުރުން

2) ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން

3) ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން

4) ހުން އައިސް ގައިގައި ރިއްސާނަމަ ޕެނަޑޯލް ނުވަތަ ޕެރަސެޓްމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުން.

5) ހަތް ދުވަހަށް ވުރެ އިތުރަށް ހުން ހުންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

ޗިކުންގުންޔާ އިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން

1) މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން.

މަދިރި އާލާވުން ހުއްޓުވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފުތާއަކު އެއް ފަހަރު ސާފުކުރުން އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ ބަންދުކުރުމަށް ސަމާލު ވަން ޖެހޭނެއެވެ.

2) މަދިރި ހެފުމުން ރައްކާތެރިވުން

މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމުގެ ތެރޭގައި މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުމާއި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމާއި، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން އަދި މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން ފަދަ ކަންކަން ކުރުން މުހިންމެވެ. 

ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަ ވަނީ ހެނދުނާއި ހަވީރެވެ. އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.