އަދުރޭ އާއި ރައީސް ޑރ މުހައްމަދު މުޢިއްޒު: ފޮަޓޯ/ ރައީސް އޮފީސް
ހަބަރު
03 May 2024 | 16:44
ރައީސް މުޢިއްޒު އަބަދުވެސް ‎މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުން: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.  

އަބްދުއްރަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޢިއްޒު އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު ކަމަށެވެ.

އަދި ރައީސް ޑރ.މުޢިއްޒަށް ރައްޔިތުން ދެއްވި އިތުބާރު އެ މަނިކުފާނު ދަމަހައްޓަވާނީ ރައްޔިތުންނަށް އިތުބާރު ދެއްވައިގެން ކަމަށާ އެ މަނިކުފާނު ތަފާތު ދައްކަވާނީ ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު ނަތީޖާއިން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު.މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުން.ރައްޔިތުންގެ ކަން ބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު.ރައީސް ޑރ.މުޢިއްޒަށް ރައްޔިތުން ދެއްވި އިތުބާރު އެ މަނިކުފާނު ދަމަހައްޓަވާނީ ރައްޔިތުންނަށް އިތުބާރު ދެއްވައިގެން.އެ މަނިކުފާނު ތަފާތު ދައްކަވާނީ ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު ނަތީޖާއިން.ގައުމުގެ މުއްސަދިކަމަކީ ރައްޔިތުންގެ ހައްގެއްކަން ގަބޫލުފުޅު ކުރައްވައިގެން

އަބްދުއްރަހީމް އަބްދުالله (އަދުރޭ)

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ، ރޯދަމަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، ރޯދަމަހު ލިބުނު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ރޯދަމަހު ބޭނުން ކުރި ކަރަންޓްގެ ބިލު ބޮޑު ކަމުގެ ޝަކުވާ ރައްޔިތުން ކުރުމަާއި ގުޅިގެން އެ ބިލުންވެސް ޑިސްކައުންޓް ދޭން ރައީސް މުއިއްޒު ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. 

ރޯދަ މަހު ކަރަންޓާއި ފެން ބިލު އެހެން މަސްތަކަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެއްވަރެއްގައި ހިފެހެއްޓުމަށް ޑިސްކައުންޓެއް ސަރުކާރުން ދޭނެ ކަން ރައީސް މުއިއްޒު ހާމަކުރެއްވި ނަމަވެސް، މިދިޔަ މާޗް މަހުގެ ބިލު ލިބެން ފެށުމާ އެކު، ބިލްތައް ތިން ގުނަ، ހަތަރު ގުނަ ބޮޑުވުމުން އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. 

އެއާއެކު ސަރުކާރު ޔުލިޓީ ކުންފުނިތަކުން ފެނާއި ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައި ވަނީ، ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

"ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް. ފެނާއި ކަރަންޓު ބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއި ދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި،" ރައީސް އޮފީހުގެ ތަރުޖަމާނު ވިދާަޅުވިއެވެ.  

ރައީސްގެ އެ އެންގެވުމާ އެއްގޮތަށް ސްޓެލްކޯ އާއި ފެނަކަ ކުންފުނިން ވަނީ ރޯދަ މަހު ބޭނުންކުރި ހިދުމަތަށް ޑިސްކައުންޓު ދޭން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.