Advertisement

16 މީހުންނާއި އެކީ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

ފަރަށް އެރި ބޯޓު: ފޮޓޯ/ އެމްއެންޑީއެފް

16 މީހުންނާއި އެކީ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ

އެމްއެންޑީއެފުން ބުނީ، މާލޭން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް 16 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ފަރަށް އަރާފައިވަނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އެބޯޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. 

މި ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއި އެކީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ އެ ބޯޓު އަދި ފުން ނުކުރެވޭ ކަމަށާ، ދިޔަ ބޮޑު ވުމުގެ ސަބަބުން ބޯޓު ކަފު ޖަހާނެ ދޯންޏެއް އައުމާއެކު ފުން ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް ޑައިވަރުންނާއެކު ބޯޓު ފުން ކުރުމުގެ މަސައއކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުންޏެވެ. 

Advertisement

ކޮމެންޓް