ކޮވިޝީލްޑް ވެކްސިން: ފޮޓޯ/ އިންޓަނެޓް
ހަބަރު
09 May 2024 | 12:47
ވެކްސިން ޖެހުން “މަޖުބޫރު” ކުރި މައްސަލާގައި ޑޮކްޓަރުންނަށް ފާޑު ކިޔުމުން ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި

ކޮވިޑް ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، ކޮވިޑް ވެކްސިން ޖެހުން “މަޖްބޫރު” ކުރި މައްސަލާގައި ޑޮކްޓަރުންނަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާއި ދެކޮޅަށް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ޖެހުމުން ލޭގަނޑުވާ ކަމަށް، އެ ވެކްސިންގެ މައި ކުންފުނި އެސްޓްރާޒެނެކާއިން އެއްބަސްވެ ވެކްސިން ވިއްކުން ހުއްޓާލަން ނިންމުމާއި ގުޅިގެން ރާއްޖޭގައި އެ ވެކްސިން ޖެހި މީހުންނާއި އާއްމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޚާއްސަކޮށް އެ ވެކްސިން ނުޖަހާ މީހުންނަށް ކުރީ ސަރުކާރުން ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާފައިވާ ކަމަށާ، ވެކްސިން ނުޖަހައި ނުވެގެން “މަޖުބޫރު” ވެގެންވެސް އެތައް ބަޔަކު ވެކްސިން ޖަހާފައިވާއިރު، ވެކްސިން ޖެހުމަށް ބާރު އަޅައި އެކަން ޕްރޮމޯޓް ކުރި ބައެއް ޑޮކްޓަރުންނަށްވެސް އާއްމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ. 

މި ފަދަ ދަނޑިވަޅެއްގައި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ޑޮކްޓަރުންނަށް އަމާޒުކޮށް، ސިއްހީ ޚިދުމަތްތެރިންގެ އަގު ވެއްޓޭހެން އެ މީހުންގެ ފޮޓޯ މީސްމީޑިއާގައި ޙިއްސާކުރުމާއި، ސިއްހީ ޚިދުމަތުގެ އިތުބާރު ގެއްލޭ ގޮތަށް މީސްމީޑިއާގައި ވާހަކަ ނުދެއްކުމަށް އިލްތިމާސް ކޮށްފައެވެ.

އަދި ސިއްޙީ ޚިދުމަތްތެރިންނާމެދު އެއްވެސް ހަގީގަތެއްނެތް ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރުކުރާނީ މުޖުތަމައުގައި ސިއްހީ ޚިދުމަތް ބޭނުންވާ އާންމު ރައްޔިތުންނަށް ކަމަށާއި އަދި އެއީ ސިއްހީ ޚިދުމަތާމެދު އޮންނަ އިތުބާރު ގެއްލި، ރާއްޖެއިން ލިބޭ ފަރުވާ ހޯދަންވެސް ބޮޑު ޚަރަދުކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މިއާއެކު އެ ޖަމިއްޔާއިން ބުނީ މިހާރުވެސް ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތަށް އެތައް ގޮންޖެހުމެއް ހުރި ކަމަށާ އެފަދައިން އާއްމުން ކަން ކުރުމުން އެ ޚިދުމަތްތެރިންގެ ހިތުގައި އިތުރު މާޔޫސްކަމެއް އުފެދި ރަނގަޅު ޚިދުމަތްތެރިން ޚިދުމަތުގައި ދަމަހައްޓަން ދަތިވާނެ ކަމަށެވެ.

"ވީމާ ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގިހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ޚިދުމަތް ދޭ ފަރާތްތަކުން އެ މީހުންގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށް ވެސް މި ފުރުސަތުގައި ގޮވައިލަމެވެ." އެ ބަޔާނުގައިވެއެވެ.

ކޮމެންޓް
ހާއުފާ
މަޖުބޫރުކޮށްގެން ވެކްސިން ޖަހާފައިވާތީ ބަދަލު ދިނުމަށް ގޮވާލަން
09 May 2024
ސ.
މުވައްޒަފުން އޮފީހަށްނުކުތުން މަނާކޮށް' ވެކްސިންޖަހަން މަޖުބޫރުކުރުވީ ނިމިދިޔަ ސަރުކާރުން.
09 May 2024
ބަޗީ
ކޮވިޑު ވެކްސިން ޖަހަން މަޖުބޫރުކޮށް، ޖީލު އެއްކޮށް ފަނާކުރުން އެއީ ހަމަ އެންމެ ރަނގަޅު ގޮތްކަމަށް މިހާރު ތިއިން އެބަ ދޭހަވޭ. ކަޑަ. ދުނިޔެވީ އަމިއްލަ މަންފާއަށް އެކަން ކުރިކަން އެންމެނަށް ވަރަށް ސާފު.
09 May 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.