ހައުސިންގ މިނިސްޓަރ ޑރ ހައިދަރު
ހަބަރު
10 May 2024 | 12:55
ކުލި ކޮންޓްރޯލްކުރުމަކީ ކުރަން ކަމުދާ ކަމެއްނޫން، އެއިން އިމާރާތުގު ވެރިންނަށް ގެއްލުންވާނެ: ޑރ. ހައިދަރު

މާލެ ސަރަހައްދުގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލްކުރުން އެއީ އެންމެ ކަމުދާ ގޮތް ނޫން ކަމަށާއި، އޭގެ ސަބަބުން އިމާރާތުގެ ވެރިންނަށް ގެއްލުންތަކެއް ވާނެ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަންމަންޒަރު ޕްރޮގްރާމުގައި މާލެ ސަރަހައްދުގައި ކުލި ކޮންޓްރޯލް ކުރުމާއި ގުޅެ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ، ކުލި ކޮންޓްރޯލްކުރުމަކީ މާކެޓަށް ދޫކޮށްލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ކުލި ކޮންޓްރޯލްކުރަން ފަށައިފި ނަމަ އޭގެ ސަބަބުން އިމާރާތުގެ ވެރިންނަށް ގެއްލުންވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެން ނޫނިއްޔާ އެވާ ގޮތަކީ ކުލި ކޮންޓްރޯލްކުރަން ފަށައިފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭ ގެއްލުންތަކެއް ވެސް އުޅޭނެ،އެއީ ހުޅުވާލެވިފައިވާ މާކެޓެއް އޮންނަ ގައުމެއްގައި ކުރަން ކަމުދާ ކަމެއް ކަމުގައި އިކޮނޮމިސްޓުން ވެސް ގަބޫލެއްނުކުރޭ. އެހެންވީމަ އަޅުގަނޑަކަށް ހިޔެއްނުވޭ ކުލި ކޮންޓްރޯލްކުރުމަކީ އަޅުގަނޑުމެން ކުރަން ކަމުދާ ކަމެއްހެނެއް. 

ޑރ އަލީ ހައިދަރު އަހުމަދު

މާލެ ސަރަހައްދުގައި ދިރިއުޅެން ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ބޮޑު ކަމާއި، އެޑްވާންސް އަށް ދައްކަންޖެހޭ އަދަދުގެ ބޮޑު ކަމުގެ ކަންބޮޑުވުމަކީ ކުއްޔަށް އުޅޭ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެހެން ކަމުން، ކުލި ކޮންޓްރޯލްކުރުމަށް ވަރަށް ގިނަ ފަރާތްތަކުން ގޮވާލާއިރު، ކުއްޔަށް ދޭ ފަރާތްތަކުން އެތަންތަން ހެދުމަށް ބޮޑެތި ލޯނު ނަގާ ވާހަކައާއި ކުލި ކޮންޓްރޯލް ކޮށްފިނަމަ އެވފަރާތްތަކަށް ދަތި ވާނެ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅުކިރެއެވެ. 

ކޮމެންޓް
ސައާދުn
ސޯސަލް ހައުސް ކުއްޔައް ދިނުން ނުހުއްޓުވެނީ ކީއްވެ؟ އެވެރިންނައް ގެއްލުން ވާތީ
10 May 2024
މައުމޫން
ހަަައިދަރު އިސްތިއުފާ
10 May 2024
ކަޅޭ
އާއްމު ރައްޔިތުމީހާއަށް ގެއްލުން އޯކޭ. މައްސަލަ އަކީ މަހުޖަނު މީހާއަށް ގެއްލުން ވާނެތީ
10 May 2024
ބޮސް
ބޅ ބުނި ވާހަކަ. ޓެކްސީ ތަކާ އަޅާގަނަގެން
10 May 2024
އިއްބެ
ގޭގޭގެ ކުލިކޮންޓްރޯލު ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމަކައް ނުވާއިރު ބިޑިއަޅުވައިގެންވެސް ޓެކްސީތަކުން ނަގާ ފީކޮންޓްރޯލު ކުރުމަކީ ކޮންމެހެން ކުރަން މަޖުބޫރުކަމެއްތޯ
10 May 2024
Mohamed Rasheed
ޓެކްސީތަކުގެ އަގު ކޮންޓްރޯލް ކުރުމަކީ އޭގެ ވެރިފަރާތަށް ހަމަ ތިގޮތަށް ގެއްލުން ވާ ކަމަކަށް ނުވަނީ ބާ. ތި ބުނާ ލޯން ނަގައިގެން ކާރު ގަންނަ މީހުން ވެސް އެބަ އުޅޭ.
10 May 2024
ނާޖިހު
ޢެހެންވީމަ ތިވަޒީރަށް ވަރިހަމަދޯ ކުއްޔަށް އުޅޭމީހިން ކިތައްމެ ހާލެއްގަ އުޅުނަސް ގެވެތި ފަރާތައް ދޭންވާކުލި ލިބެނިކޮއް
10 May 2024
ނަސީދު
އާމު ރައްޔިތުން ނައްވާ ގެއްލުން ކުޑައީބާ.
10 May 2024
ނަރުގިޝް
އިމާރާތުގެ ވެރިން ބޭނުން ވަނީ އެއްފަހަރާ ލޯނު ދައްކާ ނިންމަން ކުށްޔައްދޭން ބޭނުން ވަނީ އިންތިހާއަށް ބޮޑުކޮން މިކަމަށް އެބަޖެހޭ އަވަސް ހައްލެއް ލިބެން
10 May 2024
ީ'll
ޓެކްސީ ތަކުގެ އަގުކޮންޓްރޯލް ކުރެވޭ އެކަމަކު މާލެސަރަހައްދުގެ ކުލި ކޮންޓރޯލް ނުކުރެވޭ ވ ހެއްވާ ވާހަކަެެއް
11 May 2024
ޑރ. އޯޕަން މާރކެޓް
ޓެކްސީ ތަކުގެ އަގު ކޮންޓްރޯލް ކުރާއިރު އޯޕަން މާރކެޓް ކޮބާތަ....ލޯނު ނަގައިގެން ކާރު ގަތް މީހުނަށް ގެއްލުން ނުވާނެތަ.
11 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.