ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
11 May 2024 | 10:51
ކަންކަމުގައި ބަސް ނުބުނާށޭ ބުންޏަސް، ކަންބޮޑުވާ ކަންކަމުގައި ބަސްނުބުނެ ހަނު ނުހުންނާނަން: މާރިޔާ

ކަންކަމުގައި ބަސް ވިދާޅުނުވެ ހަނު ހުންނަވަން ބަޔަކު ބުނި ނަމަވެސް، ކަންބޮޑުވާ ކަންކަމުގައި ބަސް ވިދާޅުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. 

މާރިޔާ މިހެން ވިދާޅުވެފައި މިވަނީ، މާލޭގައި ފައިމަގުގައި އުޅެން އުނދަގޫ ކަން ފާހަގަކުރައްވައި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، މީހަކު ބެންކޮކުގެ ވީޑިއޯއެއް ހިއްސާކޮށް އެތަނުގައި ހިނގަން ފަސޭހަކަށް ފާހަކޮށް ކޮށްފައިވާ ޕޯސްޓެއް ހިއްސާ ކުރެއްވުމަށްފަހު، މާރިޔާ އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި ފައިމަގުގައި އުޅުމުގެ މަގު ތަނަވަސްވެފައި ނުވުމަކީ ދެރަ ކަމެއް ކަމަށެވެ. އެގޮތުން މާލޭގެ ދުވާރުތައް ހަނި ކަމަށާ، ކަފިހި ހުރަސް މަތިންވެސް ހިނގަންވެސް އުނދަގޫ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ، އޭނާ އަކީ ފަސް އަހަރު ވަންދެން ސަރުކާރުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާ، އޭރުވެސް މާލޭގެ ހާލަތު އެހެން އޮތް އިރު، ހަނު ހުންނެވުމަށްފަހު މިހާރު ބަސް ބުނުމުގެ ހައްގެއް ނެތް ކަމަށް ބުނެފައެވެ. އަދި އޭރު އަތުގައި ބާރު އޮތް އިރު މައްސަލަ ހައްލުކުރެއްވުމަށް އެއްވެސް ކަމެއް ނުކިރެއްވީ ކީއްވެތޯވެސް މީހުން ވަނީ ސުވާލު އުފައްދަވާފައެވެ.

އާއްމުންގެ އެވާހަކަތަކަށް ރައްދު ދެއްވަމުން މާރިޔާ މިއަދު އެކްސްގައި ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ، “ދައިތަ ފަސް އަހަރު ވަންދެން ސަރުކާރުގެ މަގާމުގައި ހުރި ކަމަށާ، އެހެން ކަމުން މިހާރު ހަނު ހުންނާށޭ” ބުނެ އޭނާގެ އަނގަ ބަންދު ކުރެވޭނެ ކަމަށް ބަޔަކު ދެކުނަސް އެކަން އެހެން ނުވާނެ ކަމަށެވެ.

އެފަދަ ބަސް ތަކާއި ހުރެ ހަނު ހުރުމަށް އަހަރެން އިންކާރު ކުރަން. އަދި އަހަރެން ކަންބޮޑުވާ ކަންކަމުގައި ބަސް ބުނުމުގައި އެމްޑީޕީ ސަރުކާރުގެ އައުމުގެ ކުރިންވެސް، އެ ސަރުކާރުގައުވެސް، އަދި އޭގެ ފަހުންވެސް ހުންނާނަން. 

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ 

މާރިޔާ މިފަދައިން ވިދާޅުވުމާއި ގުޅިގެންވެސް ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. 

ކޮމެންޓް
ސައްލޭ
ފިރިހެން މާރިޔާ ކަލޭ ކިޔެވީ އެފް. ޕީ. އައި. ޑީ. އިން ސަޓޯ ނެގި ވަގުފައިސާއިން . އަގަ އަރުވަން ނޫޅޭތި.
11 May 2024
ސ.
5 އަހަރުގެ ވެރިކަމާ، މަޖިލީހުގެ މެޖޯރިޓީއާ، ތިކަމަނާގެ މިނިސްޓަރު ކަމުގަ ކޮންކަމެއްތޯ ރައްޔިތުންނަށް ފައިދާވާގޮތަށް ކުރެއްވީ؟
11 May 2024
ހަސަންކުރުސީ
ދެންކަންބޮޑުވެގެން ހުންނަންވީނު ކަލޭވީތަނެއް ބަލަން އުޅޭ މީހަކު މިގައުމުގަނެތް
11 May 2024
ޢަހްމަދު
މިހާރު ތިޔަވާހަކަ ނުދެއްކޭނެ
11 May 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.