ރައީސްގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله
ހަބަރު
11 May 2024 | 12:40
ޓީމް އޮތީ ބަދަހިކޮށް، މުއިއްޒު ދުވެލީގައި ގައުމު ދާނީ ކުރިޔަށް: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޓީމް އޮތީ ބަދަހިކޮށް، ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބުދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ކަމަށެވެ.

އެހެންނަމަވެސް، އެ މަނިކުފާނަށް ރައްޔިތުންގެ ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދެއްވާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން، އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ. ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް

އަބްދުއްރަހީމް

މީގެ އިތުރުންވެސް އަދުރޭ ކުރެއްވި އިތުރު އެކްސް ޕޯސްޓެއްގައި އޭނާވަނީ ރައީސް މުއިއްޒު ސައުދީ ރަސްގެފާނުގެ މެހުމާންދާރީގައި އުމްރާއަށް ވަޑައިގެންނެވުމަކީ ބަޔަކު މީހުން ހަސަދަވެރިވާންވީ ސަބަބެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަދި އެއީ މީ ދިވެހީން އުފާކުރަންވީކަމެއް ކަމަށާ، މީހަކާ މެދު ހަސަދަވެރި ވިޔަސް ހަގީގަތާ ކުރިމަތިލުމުގެ ހިތްވަރު ހުންނަންވާނެ ކަމަށެވެ. 

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް މުއިއްޒުގެ ސައުދީ ދަތުރުފުޅާއި ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން އެކި ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.
02 Jul 2026
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މިކަން އިޢުލާން ކުރެއްވީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި "ޔޫއެންއާރުޑަބްލިއު ޕްލެޖިންގ ކޮންފަރެންސް" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.
02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، އިފްތިތާހުކޮށްފި
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.
02 Jul 2026
ސައިކަލެއް އިސްލާމިކް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް
މި ހާދިސާ ހިނގަން މެދުވެރިވީ ޕާކިންގ ޒޯނުން ސައިކަލު ނެރެން އުޅުމުގެ ތެރޭގައި، އޮޅިގެން ރޭސްމުގަނޑަށް އަނބުރާލެވި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހިގެންނެވެ.
02 Jul 2026
ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް
މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.
02 Jul 2026
ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި
މި މައްސަލައިގައި ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު އެވެ.