ދިފާޢީ ވަޒީރު ޣައްސާން މައުމޫން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 May 2024 | 14:07
ކުރީ ސަރުކާރުގައި، ހުއްދަ ނެތި އިންޑިޔާގެ ހެލިކޮޕްޓަރ ދުއްވި: ޣައްސާން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، ސަރުކާރުގެ ހުއްދައަކާ ނުލައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން، އެގައުމުން ހަދިޔާކުރި ހެލިކޮޕްޓަރ ދުއްވާފައިވާ ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން މިހާރު ބާލާއި އޭގެ ބަދަލުގައި މަދަނީ މީހުން ރާއްޖެ ގެނެސްފައިވާއިރު އެކަމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ޣައްސާން މައުމޫން ވަނީ، މަދަނީ މީހުންނާއި އަސްކަރިއްޔާ އަކީ ތަފާތު ބައެއް ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މިލިޓަރީ އަކީ “ކޮމާންޑް އެންޑް ކޮންޓްރޯލް ވަކި ހައިރާކީއެއްގެ ދަށުން ހިނގާ ސިސްޓަމެއް” ކަމަށް ވިދާޅުވިއެވެ.

މިލިޓަރީ މީހުން ތަބާވާންޖެހޭނީ މިލިޓަރީ ކޮމާންޑާސް އަށް. ސިވިލިއަނުން މިތާނގައި އޮޕަރޭޓް ކުރަން ތިބީމަ އަޅުގަނޑުމެންނަށް ކަށަވަރު ކުރެވެނީ މި އެސެޓްސްގެ ފުރިހަމަ ސިޔާދަތު އޮތީ ދިވެހިންގެ އަތުގައި ކަން. އެއީ ކޮމާންޑް އެންޑް ކޮންޓްރޯލް މިހާރު ހަމަޖެހުފައި އޮތް ސިސްޓަމުން އަޅުގަނޑުމެން ހުއްދަދީގެން މެނުވީ އެމީހުންނަށް ފްލައި ނުކުރެވޭނެ

ޣައްސާން މައުމޫން

އެވާހަކަ އާއި ގުޅިގެން ނޫސްވެރިއަކު ވަނީ ކުރީ ސަރުކާރުގައި ހެލިކޮޕްޓަރ ދުއްވާ އުޅުނީ ދިވެހި ސަރުކާރުން ހުއްދަ ނުހޯދާތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި، އަދި މަޖިލީހުގެ 241 ކޮމިޓީގައިވެސް ހިމެނިވަޑައިގެންނެވި ޣައްސާން ވިދާޅުވީ، ސަރުކާރުގެ ހުއްދަ ނެތި ނިމިދިޔަ ވެރިކަމުގައި ހެލިކޮޕްޓަރ ދުއްވާފައިވާ ކަމަށެވެ. 

“އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރި އިރު 241 ކޮމިޓީން އޮންނާނެ ބަލާފައި، ދިވެހިންގެ ހުއްދަނެތި ފްލައިޓެއް ދުއްވާފައި އޮތްކަން. ދިވެހިންގެ ހުއްދަނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުށްޓަށް ލޭންޑް ކުރި ކޭސްއެއް.”. 

ޣައްސާން މައުމޫން

މިއާއެކު ޣައްސާން ވަނީ މި ސަރުކާރުގައި، އެފަދަ ގޮތަކަށްވެސް ހުއްދަ ނެތި ހެލިކޮޕްޓަރ ނުދުއްވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.