އެހީ ޖަމިއްޔާއިން ފެން ޕަންޕު ހަދިޔާ ކުރުން: ފޮޓޯ/ އެހީ
ހަބަރު
12 May 2024 | 17:49
ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައްވާ ބައެއް ރަށްތަކަށް އެހީ ޖަމިއްޔާއިން ފެން ހިންދާ ޕަންޕު ހަދިޔާކޮށްފި

ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައްވާ ބައެއް ރަށްތަކަށް އެހީ ޖަމިއްޔާއިން ފެން ހިންދާ ޕަންޕު ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން އެހީ ޖަމިއްޔާއިން ބުނީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެހެމުންދިޔަ ބޯ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުމާއި އެފަދަ ވިއްސާރާގައި ފެންބޮޑުވުމުން އެ ހިންދުމުގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތް ބެލުމަށް ބައެއް ރަށްތަކުގެ ކައުންސިލަށް ގުޅާ މައުލޫމާތު ސާފު ކުރުމަށްފަހު އެހީ ޖަމިއްޔާއިން ނީޑްސް އެސެސްމެންޓެއް ހަދާފައިވާ ކަމަށެވެ. 

މިގޮތުން ފުރަތަމަ ފޭސްގައި މައިގަނޑު ގޮތަކަށް ބަލާފައިވަނީ ކ އަތޮޅުގެ ރަށްތަކަށް ކަމަށާ މި އެސެސްމަންޓްގައި އެ ޖަމިއްޔާ އަށް ފާހަގަކުރެވުނު ބައެއް ކަންކަމަކީ؛

* މީގެ 2 ހަފްތާވަރު ކުރިން ވެހުނު ވާރޭގެ ސަބަބުން ކ.ގުރައިދޫއަށް އާންމުން ދިރިއުޅޭ 50+ ގެއެއްގެ އިތުރުން ގެސްޓް ހައުސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން

* ދިޔަވަރު ބޮޑުވުމުގެ ސަބަބުންނާއި އަލިފާން ރޯވާތީ ފެން ޕަމްޕު ބޭނުންވާ ރަށްތަކެއްވެސް ހުރިކަން. އޭގެތެރޭގައި ހިމެނެނީ ކ.ދިއްފުށި, ކ.ތުލުސްދޫ, އަދި ކ.ކާށިދޫ އަދި ލ. ފޮނަދޫ.  

* ރަށު ކައުންސިލް, އެމްއެންޑީއެފް އަދި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ކާރިސާ ދިމާވާ ދުވަސް ދުވަހު ކޮންމެސް ވަރަކަށް މެނޭޖު ކުރެވުނު ކަމުގައި ވީނަމަވެސް މި ރަށްތަކަށް ފެން ފަމްޕު ލިބިގެން ދިޔުން ވާނީ ލިބިގެންދާ ވަރަށް ބޮުޑު އެހީތެރިކަމެއްކަން

އެހެންކަމުން، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ)ގެ އެހީއާއި އެކު އެހީ ޖަމިއްޔާއިން އެ ރަށްރަށުގެ ރަށު ކައުންސިލްތަކަށް ފެން ޕަމްޕު ހަދިޔާކުރެވިފައިވާކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. 

މީގެ ކުރިންވެސް އެހީ ޖަމިއްޔާއިން ވަނީ މާލޭގައި ފެންބޮނޑުވުމުގެ ސަބަބުން އެމްއެންޑީއެފްއަށް ފެން ޕަމްޕު ހަދިޔާ ކޮށްފައެވެ. އެ ޖަމިއްޔާގެ އުންމީދަކީ މިފަދަ އެހީތައް ބޭނުންވާ ރަށްތައް ދެނެގަނެ ބޭނުންވާ އެހީ ކުރިއަށް އޮތްތާ ފޯރުކޮށްދިނުން ކަމަށް ޖަމިއްޔާއިން ބުނެފައިވެއެވެ. 

އެހީ ޖަމިއްޔާއިން ބުނީ، އެ ޖަމިއްޔާއިން ހިންގާ މިފަދަ ކޮމިއުނިޓީ ވެލްފެއަރ ޕްރޮޖެކްޓްތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާ ކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ. 

ބީ.އެމް.އެލް އިސްލާމިކް އެކައުންޓް ނަމްބަރ: 7770000014818 

އެކައުންޓްގެ ނަން: EHEE JAMIYYA 

އެކައުންޓް ލޭބަލް: EHEE COMMUNITY WELFARE ACCOUNT

މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރެވިގެން ދާނެކަން އެހީ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.