މާބަނޑު އަންހެނެއް
ހަބަރު
13 May 2024 | 11:51
ރާއްޖޭގައި ކޮންމެ ފަސް އަންހެނެއްގެ ތެރެއިން ދެ އަންހެނުން ސިޒޭރިއަން ހަދަން ޖެހޭ: ޔޫއެންއެފްޕީއޭ

ރާއްޖޭގައި ކޮންމެ ފަސް އަންހެނުންގެ ތެރެއިން ދެ އަންހެނުން ސިޒޭރިއަން ހަދާ ކަމަށް އދ.ގެ އާބާދީ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑްގެ ރާއްޖޭގެ ގޮފިން ބުނެފިއެވެ.

ޔޫއެންއެފްޕީއޭ މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސިޒޭރިއަން އަކީ ފުރާނަ ސަލާމަތްވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ސިޒޭރިއަން ހަދަން ޖެހޭނީ ސިއްހީ މައްސަލައެއް ނުވަތަ އެމެޖެންސީ ހާލަތެއް ދިމާވުމުންކަމަށް ވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން ޔޫއެންއެފްޕީއޭއިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއި، ޑަބްލިޔުއެޗްއޯ އިން، ރާއްޖޭގައި ސިޒޭރިއަން ހެދުމަށް ރެކޮމެންޑް ކޮށްފައިވާ ރޭޓަކީ 10-15 އިންސައްތަ ކަމަށާ އެހެން ނަމަވެސް ރާއްޖޭގައި ސިޒޭރިއަން ހަދާ ރޭޓް ހުރީ 40 އިންސައްތައިގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މިއާއެކު އެ 2021 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރިފައިވާ ސިޒޭރިއަންގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލަމުން އެ ޖަމިއްޔާއިން ބުނެފައިވާގޮތުން ރާއްޖޭގައި ކޮންމެ ފަސް އަންހެނެއްގެ ތެރެއިން ދެ އަންހެނަކު ވިހަނީ ސީ-ސެކްޝަން މެދުވެރިކޮށް ކަމަށެވެ.

ވިހެއުމުގެ ތެރޭގައި ދިމާވާ އެކި ހާލަތްތަކުގައި މައި މީހާ އާއި ދަރިފުޅު ސަލާމަތްކުރުމަށް ސިޒޭރިއަންގެ މުހިންމުކަން ބޮޑެވެ. އެކަމަކު ސިޒޭރިއަން ހެދުމުން މައިމީހާ އުފުލަންޖެހޭ ވޭން ބޮޑެވެ.

ކަންމިހެން ހުރި ނަމަވެސް، މިފަހަކަށް އައިސް ދުނިޔޭގައުވެސް ސިޒޭރިއަން ހަދާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބު ތަކުން ދައްކައެވެ.

މީގެ އިތުރުން ބަލިވެ އިންނަ މީހުންގެ ތެރެއިން 15 ޕަސެންޓަށް ވުރެ ގިނަ މީހުން ސިޒޭރިއަން ހަދާ ނަމަ އެއީ އެ ގައުމަކަށް މާ މަތީ މިންވަރެއް ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް
ޢަލީސަޢީދު
ޑަބުލިޔު އެޗް އޯގައި އަބަލަ ދެންދަރިންނުހޯދަންވީތޯ ކަންކުރަންވީގޮއިނުބުނެމުންޖޭނުކިޔާށޭބުނޭ
15 May 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.