ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ފޭސްބުކްގައި ކުރިޔަށްގެންދިޔަ މަދަހަ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމްގެ ފަރާތުން ބައްޕަ އިނާމާ ހަވާލުވަނީ: ފޮޓޯ/ އެލައިޑް
ހަބަރު
14 May 2024 | 12:36
އެލައިޑް މަދަހަ މުބާރާތުގެ އިނާމު ހަވާލުކޮށް އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފި

ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ފޭސްބުކްގައި ކުރިޔަށްގެންދިޔަ މަދަހަ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމްއަށް މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ޓެންތް ޖެނެރޭޝަން އައިޕެޑް ހަވާލުކޮށްފިއެވެ.

އެލައިޑު އިންޝުއަރަންސް ކުންފުނީގެ މައި އޮފީހުގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި އިނާމު ހަވާލުކޮށްދެއްވާފައިވަނީ އެލައިޑްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝާބިގުއެވެ. އަޒްކާގެ ފަރާތުން އިނާމާއި ހަވާލުވެދެއްވީ އަޒްކާގެ ބައްޕަ އާދަމް ނަސީމްއެވެ. 

25 ފެބުރުވަރީއިން 9 އޭޕްރިލްއަށް ކުރިޔަށްގެންދިޔަ މިމުބާރާތުގައި ގިނަ އަދަދެއްގެ ކުދިންގެ ބައިވެރިވުން ލިބުމާއި އެކު އެކަން ފާހަގަކޮށް އެލައިޑުން ވަނީ އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު ދަންނަވާފައެވެ. 

މީގެ އިތުރުންވެސް އެލައިޑުން ވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އައު ޕްރޮމޯޝަނެއް ލޯންޗުކޮށްފައެވެ. 

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ މިޕްރޮމޯޝަންގެ ތެރެއިން ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50% ޑިސްކައުންޓެއް ދިނުމަށް ވަނީ އެ ކުންފުނިން ވަނީ ނިންމާފައެވެ.

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑްގާއިމުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމުގައި އަޔާދީއިން ފާހަގަ ކުރެއެވެ. އެގޮތުން 10 މެއި އިން 30 ޖޫންގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.