ރައީސް މުޢިއްޒު އާއި މުހައްމަދު އިސްމާޢީލް: ފޮޓޯ/ ޕީއެންސީ
ހަބަރު
14 May 2024 | 22:24
އެނގެމުން މިދަނީ ރައީސް މުޢިއްޒު ވަޢުދުވެވަޑައިގަންނަވަނީ ހަމައެކަނި ވޯޓު ހޯދާންނޫންކަން: މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގަންނަވާ ވަޢުދުތައް ވެވަޑައިގަންނަވަނީ ހަމައެކަނި ރައްޔިތުންގެ ވޯތު ހޯއްދަވަން ނޫން ކަަށް މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކެންޕެއިން ދުވަސްވަރު، ދ މީދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ، ސަރުކާރު ހުރިހާ ސުކޫލެއް އޭސީ ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ވައުދުފުޅާއި އެއްގޮތަށް، ކުރިއަށް މިއޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށް ތައުލީމާ ބެހޭ ވަޒީރު އިއްޔެ ވަނީ ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން މުހައްމަދު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމުންވެސް އެނގިގެން ދިޔައީ ރައީސް މުޢިއްޒު އިންތިޚާބު ތަކުގެ ކެންޕެއިން ގަޔާއި އެނޫންވެސް ތަންތަނުގައި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުފުޅުތަކަކީ ހަމަ އެކަނި ވޯޓު ހޯއްދެވުމަށް ދައްކަވާ ހުސް ވާހަކަ ނޫންކަން ކަމަށެވެ.

އެހެނެއް ކަމަކު އެއީ، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގައި އެހީވުމަށްޓަކައި، އެ ރައްޔިތުންނަށް ތަސައްލީއެއް ދެއްވުމަށް އިޚްލާސްތެރިކަމާއިއެކު ވެ ވަޑައިގަންނަވާ ވައުދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

‏އިންތިޚާބު ނިމުމާއެކު މިހާރު އެވަނީ އެ މަސައްކަތް ފަށްޓަވާފައި ⁦‪‬⁩

މުހައްމަދު އިސްމާއީލް

މާރިޗު 6 ވަނަ ދުވަހު މީދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ވިދާޅުވީ, ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއްކަމަށެވެ. އަދި އެކަން ކުރުމަށް މަގުފަހިކޮށްދިނުމަށް ސުކޫލްތަކުގައި އިއާދަކުރުވަނިވި ހަކަތައިގެ ޕްރޮޖެކްޓް ތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. 

“މީކީއެއް ކޮންމެ މަހަކު ކަރަންޓް ބިލު ދައްކަން ބަލާއިރު ދެކޮޅު ޖެހޭނެ ކަމަކަށް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން ގަސްތުކޮށްފައި މިއޮތީ، މިއަންނަ އަހަރުން ފެށިގެން ސޯލާ ޕަވާރ ބޭނުން ކުރެވޭ، ރިނިޔުވަބަލް އެނާރޖީ ޕްރޮޖެކްޓް ތަކެއް ހުރިހާ ސުކޫލެއްގައި ހިންގަން. ހިންގައިގެން، އެއާއި ގުޅުވާލައިގެން، ސުކޫލު ތަކުން އޭސީ ކުރަން ބޭނުންވާ ސުކޫލުތަކަށް އެ ފުރުސަތު ދޭން. އޭރުން ފުރަތަަމަ ކުރާ އިންވެސްޓްމަންޓް، އިންވެސްޓްމަންޓް އަކަށް ވާނެ. ދެން އޭގެން ލިބޭ ހަކަތައިން، ދެމެހެއްޓިނިވި ގޮތެއްގައި ކްލާސްރޫމްތައް އޭސީ ކުރެވިގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.