ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކެންސަރު ސެންޓަރު:ފޮޓޯ/ މިހާރު
ހަބަރު
16 May 2024 | 12:55
ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ ދިރާސާއެއް ކުރަން ޑަބްލިޔުއެޗްއޯގެ އެހީ ހޯދަނީ

ރާއްޖޭގައި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާތީ ހާއްސަ ދިރާސާއެއް ކުރުމަށް ދުނިޔޭގެ ސިއްހަތާއިބެހޭ އިދާރާ، ޑަބްލިޔުއެޗްއޯގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ. 

ސިއްހަތާއި ބެހޭ ވުޒަާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހަލީލް ވިދާޅުވީ، ކެންސަރުގެ އިތުރުންވެސް ގައިން ގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ.

އެހެންކަމުން، އެކަމާއިގުޅޭ ދިރާސާއެއް ކުރުމަށް ޑަބްލިޔުއެޗްއޯގެ އެހީތެރިކަމަށް އެދުފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

 "ކެންސަރ އަދި އެނޫންވެސް އެހެން ނަން ކޮމިޔުނިކަބަލް ޑިސީސަސް ރާއްޖޭގައި އާދަޔާ ޚިލާފަށް ގިނަވަމުން ދާކަން. ރާއްޖެ ވާނެ، އާބާދީގެ ނިސްބަތުން ނަން-ކޮމިޔުނިކަބަލް ޑިސީސް ހުންނަ ޕޭޝަންޓުން ގިނަ ގައުމަކަށް. އަޅުގަނޑުމެން މިހާރު ވާނީ ޑަބްލިއުއެޗްއޯގެ އެހީތެރި ކަމަށް ވެސް އެދިފައި އެކަމުގައި ދިރާސާތަކެއް ކޮށްދިނުމަށް"

ވަޒީރު ޑރ. އަބްދުالله ހަލީލް

ވަޒީރު ވިދާޅުވީ، އެ ދިރާސާއަށް ބޭނުންވާ މާލީ ކަންކަން ހަމަޖެހުނުހާ އަވަހަކަށް، ދިރާސާގެ މަސައްކަތް ފަށާނެ ކަމަށެވެ. 

މީގެ އިތުރުން ރާއްޖޭގައި ކެންސަރު ހޮސްޕިޓަލު އެޅުމަށް ހަދަންޖެހޭ ފީސިބިލިޓީ ޓެސްޓު މިހާރު ހަދަމުންދާ ކަމަށާ، ގާތްގަނޑަކަށް ދެމަސް ދުވަހުގެތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަޒީރު ޚަލީލް ވިދާޅުވުއެވެ. 

އަދި މީގެ އިތުރުން ރާއްޖޭގައި މިވަގުތު ކެންސަރު ބައްޔަށް ދެވޭ ފަރުވާ ހަރުދަނާ ކުރުމަށް، މިހާރު ގާއިމް ކުރެވިފައި ހުރި ފަރުވާގެ އެކި ވަސީލަތްތައް ކުރިއެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.