ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު
ހަބަރު
17 May 2024 | 11:04
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރީ ގާނޫނީ ހަމަތަކުގެ މަތީންނެއް ނޫން: މުޢިއްޒު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މާލޭ ސަރަހައްދުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތިކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ސަރުކާރުން ދޫކުރާ ގޯތިތައް ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ދިނުން ލާޒިމުވާނެ ގޮތަށް ބިމާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާމެދު އަލުން ވިސްނުމަށް އެދި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ނުރުހުންވެ އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން ބިލު އަނބުރާ ފޮނުއްވާލެއްވުމުން މީކާއީލު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރައި ފޮނުއްވައިލެއްވުމުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަވަސް މުސްތަޤުބަލެއްގައި ހަވާލުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ސާފުވާ ކަމަށް ވިދާޅުވެ ނުރުހުންފާޅުކުރައްވާފައެވެ. 

އެ ޕޯސްޓަށް ރައްދުދެއްވައި މުޢިއްޒު ވަނީ އެ ގޯތި ތަކަކީ” ޤާނޫނީ ހަމައަކުން ދޫކޮށްފައިވާ ގޯތިތަކެއް ނޫން" ކަމަށް ވިދާޅުވެފައެވެ. 

މީކާއީލު ހުށަހަޅުއްވައި މަޖިލީހުން ފާސްކުރި ޤާނޫނުގައި ބުނެފައިވާ ގޮތުން އެ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ގޯތި ލިބޭ މީހުންގެ ލިސްޓެއް އާންމުކޮށްފައިވާނަމަ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސް ތެރޭގައި ގޯތި ހަވާލުކުރަންވާނެ އެވެ. 

ކޮމެންޓް
ބަޗީ
ޖަމުލީހުން ނާގޫނުގެ ނަމުގައި ދެބޯގެރި ދުއްވުން އާންމު ވީމާ ރައްޔިތުން މިރަތަށް އަރަނީ.
17 May 2024
ދިވެހި ޒުވާނުން
މި ގައުމު ހަލާކުރާ މީހުންގެ އެންމެ ކުރީ ލިސްޓުގައި ތިބީ ސިޔާސީ މީހުންނާއި ގާޒީން
17 May 2024
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.