ކަނޑުގަދަ ދުވަހެއް
ހަބަރު
20 May 2024 | 15:36
މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ އަދި ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރިފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށެވެ. އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 14:30 ފެށިގެން މެންދުރުފަހު 18:30 އަށެވެ.

މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި ސަރަހަށްދަށް ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ހުދު ސަމާލު ނެރެފައެވެ. 

އެގޮތުން ހުދު ސަމާލު ނެރިފައިވަނީ މިއަދުގެ 14:30 ހުން ފެށިގެން 18:30 އަށެވެ.

މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި ސަރަހަށްދަށް ގަޑިއަކު 22 މޭލާއި 27 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މި ދުވަސްވަރަކީ ވިއްސާރަވެ ވައުގަދަވެ ކަނޑުތައްވެސް ގަދަ ދުވަސްތަކަކަށް ވުމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި