އާރްއޭސީއެލްގެ އެމްޑީ މުބީން: ފޮޓޯ/ ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ
ހަބަރު
21 May 2024 | 23:06
އާރްއޭސީއެލް އިން ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސް ކުރުމަށް ކޮމެޓީއެއް އެކުލަވާލައިފި!

ރީޖަނަލް އެއާޕޯޓްސް، އާރްއޭސީއެލް އިން ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސް ކުރުމަށް ކޮމެޓީއެއް އެކުލަވާލައިފިއެވެ. 

އާރްއޭސީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެކުންފުނިން އެއަރޕޯޓްތައް ތަރައްގީ ކުރުމަށްޓަކައި ކުރަމުންދާ ބައެއް ބޮޑެތި މަޝްރޫތައް ފުރިހަމަނުވެ ލަސްވަމުން ދިއުމުގައި ކުންފުންޏައް ސީދާ ބާރު ނުފޯރުވޭ ބައެއް ކަންކަން ދިމާވަމުންދާ ކަމަށެވެ.

އެގޮތުން އެ ކުންފުނިން އެއަރޕޯޓްތައް ހިންގުމަށްޓަކައި ހަވާލު ކުރެވިފައިވާ ބިންތަކަކީ އެކިއެކި ރަށްރަށަށް ނިސްބަތްވާ ބިންތަކުން ވަކިކުރެވިފައިވާ ސަރަހައްދުތަކެއް ކަމަށާ، މިބިންތަކުގައި އެއަރޕޯޓް ތަރައްގީކުރުމަށްޓަކައި ކުރެވެމުންދާ ގިނަ މަސައްކަތްތަކަކީ އެކިއެކި ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ލިބިގެން، ކުރެހުންތައް އެޕްރޫވް ކުރެވިގެން ނޫނީ ކުރިއައް ގެންދެވޭނެ ކަންކަމެއްނޫންކަން ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އަދި އެކަންކަން ފުރިހަމަ ކުރުމައްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭއެއްކަމަކީ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރުން ކަމަށްވާއިރު، މިއަދާ ހަމައަށްވެސް ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން އާރު. އޭ. ސީ. އެލް. އަށް ސީދާގޮތުން ބާރުނުފޯރުވޭ އެކިއެކި ސަބަބުތަކާހުރެ ފުރިހަމަނުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންކަމުން، ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމާ ގުޅުންހުރި އެކިއެކި ފަރާތްތަކާ އެއްކޮށް ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓް ފެންވަރުގެ ކޮމެޓީއެއް މިހާރު އެކުލަވާލެވިފައުވާ ކަމަށާ އަދި އެ ކޮމިޓީން ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް ބުނެފައިވެއެވެ.

އާރްއޭސީއެލްއިން އިތުރަށް ބުނީ، އެ ކުންފުނި ވަކި ކުންފުންޏެއްގެ ގޮތުގައި ގާއިމުކުރެވި ރާއްޖޭގެ ބައެއް ރީޖަނަލް އެއަރޕޯޓްތައް ކުންފުންޏާ ހަވާލުކުރެވުނު ދުވަހުންފެށިގެންވެސް އެއަރޕޯޓް ތަކުގައި ގާއިމުވެފައި ހުންނަންޖެހޭ ޝްޓޭންޑަރޑްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ކުންފުނިން ވަރަށް ބޮޑުއިސްކަމެއް ދެމުންދާ ކަމަށެވެ.

އަދި ރައީސް ޑރ މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ އާރްއޭސީއެލްގެ މެނޭޖްމަންޓަށް ގެނެވުނު ބަދަލާއެކު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އެއްގެ ގޮތުގައި އަހްމަދު މުބީން ހަވާލުވި ހިސާބުންފެށިގެން، ކުރިއަށްވުރެ ބާރު ސްޕީޑްއެއްގައި އެއަރޕޯޓްތައް ތަރައްގީ ކުރުމަށް ކުރަންޖެހޭ ގިނަގުނަ ކަންކަން ފާހަގަކޮށް އެކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށްބޮޑު އިސްކަމެއްދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، އާރްއޭސީއެލް އިން ވަނީ އެއަރޕޯޓް ތަކުގައި ތަރައްގީގެ ގޮތުގައި ކުރުމަށް ނިންމިފައިހުރި ހުރިހާ ކަމެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ  ޔަގީންކަން ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
ކެބިނެޓުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
18 Aug 2026
ރޮޑްރީ އެންމެފަހުން ބާސެލޯނާއަށް
ބާސެލޯނާއާ ގުޅެވުމާ ބެހޭ ގޮތުން ރޮޑްރީ ބުނީ ބާސެލޯނާއަށް ބަދަލު ވެވުމުން އުފާކުރާ ކަމަށާއި މިއީ މުޅިން ތަފާތު މާހައުލެއްކަމަށެވެ.
18 Aug 2026
ގައުމީ ޓީމުތަކުގެ ހުރިހާ އެތުލީޓުންނަކީ ދުންފަތާ އެއްކޮށް ދުރުވެފައި ތިބި މީހުންނަށް ހަދަން އަމާޒެއް
އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
18 Aug 2026
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިމްރާން ޚާން އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރަން އަމުރުކޮށްފި
ޕާކިސްތާނުގެ ތާރީޚަށް ބަލާއިރު ޖަލުގައި ތިބި ސިޔާސީ ޝަޚްޞިއްޔަތުންނަށް ޞިއްޙީ ސަބަބުތަކަށްޓަކައި ދެވުނު ލުއިތަކަށް ފަހު ޤާނޫނީ ނުވަތަ ސިޔާސީ ބޮޑެތި ލުއިތައް ލިބިފައިވާ ޙާލަތްތައް ފެނިފައިވެއެވެ
18 Aug 2026
ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި
އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމާފަ އެވެ.
18 Aug 2026
ސިމްކާޑް ދޫކުރާ އުސޫލް ހަރުދަނާކުރަނީ
ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަ ހަމަޖެއްސުންވެސް މީގެ ތެރޭގައި ހިމެނެއެވެ
18 Aug 2026
ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަައީސް ތަކުރާރުކޮށް ވިދާޅުވެ އެވެ.
18 Aug 2026
އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ