އުނގޫފާރުގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓުގައި ޖެހުނު ފެންގަނޑު -- ފޮޓޯ: އުނގޫފާރު އޮންލައިން
ހަބަރު
23 May 2024 | 15:42
އުނގޫފާރުގައި، މަގުބައްތިއެއް ކައިރީ އޮތް ފެންގަނޑެއްގެ ތެރޭގައި ކުޅެން ތިބި ދެ ކުދިން ކަރަންޓް ޖެހިއްޖެ

ރ. އުނގޫފާރުގައި، މަގުބައްތިއެއް ކައިރީ އޮތް ފެން ކޯރެއްގެ ތެރޭގައި ކުޅެން ތިބި ކުދިން ތަކެއް ކަރަންޓް ޖެހިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީ ހުރި، މަގު ބައްތިއެއް ކައިރީ އޮތް ފެންކޯރެއްގެ ތެރޭގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓް ޖެހިގެން އުޅޭ ކަމަށް މިއަދު 13:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

މި ހާދިސާގައި އަނިޔާވެފައި ވަނީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށާ އެ ދެ ކުދިންނަށްވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

މީގެ އިތުރުން، އެ ދެކުދިން ކަރަންޓް ޖެހުނު މަންޒަރު ފެނުނު ކުއްޖަކު އަނބުރައިގަނެގެން އެ ކުއްޖާއަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

“ވޮއިސް” އަށް މައުލޫމާތު ލިބުފައިވާ ގޮތުގައި އެ ކުއްޖާއަކީވެސް ކަރަންޓް ޖެހުނު ކުއްޖެކެވެ.  

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Aug 2026
ރޮޑްރީ އެންމެފަހުން ބާސެލޯނާއަށް
ބާސެލޯނާއާ ގުޅެވުމާ ބެހޭ ގޮތުން ރޮޑްރީ ބުނީ ބާސެލޯނާއަށް ބަދަލު ވެވުމުން އުފާކުރާ ކަމަށާއި މިއީ މުޅިން ތަފާތު މާހައުލެއްކަމަށެވެ.
18 Aug 2026
ގައުމީ ޓީމުތަކުގެ ހުރިހާ އެތުލީޓުންނަކީ ދުންފަތާ އެއްކޮށް ދުރުވެފައި ތިބި މީހުންނަށް ހަދަން އަމާޒެއް
އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
18 Aug 2026
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިމްރާން ޚާން އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރަން އަމުރުކޮށްފި
ޕާކިސްތާނުގެ ތާރީޚަށް ބަލާއިރު ޖަލުގައި ތިބި ސިޔާސީ ޝަޚްޞިއްޔަތުންނަށް ޞިއްޙީ ސަބަބުތަކަށްޓަކައި ދެވުނު ލުއިތަކަށް ފަހު ޤާނޫނީ ނުވަތަ ސިޔާސީ ބޮޑެތި ލުއިތައް ލިބިފައިވާ ޙާލަތްތައް ފެނިފައިވެއެވެ
18 Aug 2026
ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި
އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމާފަ އެވެ.
18 Aug 2026
ސިމްކާޑް ދޫކުރާ އުސޫލް ހަރުދަނާކުރަނީ
ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަ ހަމަޖެއްސުންވެސް މީގެ ތެރޭގައި ހިމެނެއެވެ
18 Aug 2026
ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަައީސް ތަކުރާރުކޮށް ވިދާޅުވެ އެވެ.
18 Aug 2026
އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ
18 Aug 2026
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އެއްބަސްވެއްޖެ: އިންޑިއާ ސަފީރު
ސަފީރު ވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.