ތުލުސްދޫއަށް ބޭލި ކުއްތާ
ހަބަރު
26 May 2024 | 13:53
ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ދޫކޮށްލި މައްސަލައެއް

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ގެންގުޅު އޮޅު ކުއްތާއެއް ކ. ތުލުސްދޫއަށް ދޫކޮށްލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޔޮޓަކު ގެންގުޅުނު ކުއްތާއެއް ތުލުސްދޫ ބަދަރަށް ބޭލި ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ކުއްތާ އެ ރަށަށް ބޭލި ވަގުތުގައި ބަނދުރުގައި މީހުންވެސް ތިއްބެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލިކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑްވެފައުވާ ކަމަށެވެ. 

އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށާ، އެ ކުއްތާ ރާއްޖެ އެތެރެ ކޮށްފައުވަނީ ހުއްދަ ލިބިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް އޮފިޝަލް ވިދާޅުވުއެވެ. 

ރާއްޖެއަށް ކުއްތާ އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި އެތެރެ ކުރާ ނަމަ ޑިފެންސް މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގަން ޖެހެ އެވެ. ނަމަވެސް އެ އެތެރެކުރާ ކުއްތާ މީހުން ދިރިއުޅޭ ރަށްރަށަށް ބޭލުމަކީ މަނާ ކަމެކެވެ.

ރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވާއިދުގައިވާ ގޮތުން، ހުއްދަ ނޫން ޖަނަވާރެއް އެތެރެ ކޮށްފި ނަމަ 50،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކުއްތާގެ އިތުރުން ރާމާމަކުނާއި ޖަންގަލީ ވަލު ޖަނަވާރު ރާއްޖެ އެތެރެ ކުރުން ވެސް މަނަލެވެ. ނަމަވެސް ސަލާމަތީ ހިދުމަތްތަކުގެ މަސައްކަތްތައް ފަސޭހައަކަށް ޓްރެއިނިން ދީފައިވާ ކުއްތާ ޑިފެންސް މިނިސްޓްރީގެ ބޭނުމަށް އެތެރެ ކުރުން ހުއްދަ އެވެ. އެއީ އެތެރެ ކުރުމަށެވެ.

ކޮމެންޓް
އޮނުބުރި
ރާއްޖެއަށް ކުއްތާޔާއި އިޒުރޭލު މީހުން ވެއްދުން މަނާކަން ހުރިހާ އެޖެންޓުންނަށް އަންގަން ޖެހޭނެއެވެ.
26 May 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.