މަގުމަތީގައި އުޅޭ ބުޅާ ތަކެއް: ފޮޓޯ/ ވޮއިސް
ހަބަރު
27 May 2024 | 16:09
ކެޓް ޝެލްޓާ ނިމެންދެން މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދެނީ

ހުޅުމާލެ ފަރުކޮޅުފުށީގައި ޤާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރަމީލާ ވިދާޅުވީ، އެ ވުޒާރާގެ ހަފްތާ 14ގެ މެންޑޭޓްގެ ތެރޭގައި ޕެޓް ޝެލްޓާއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުން ހިމެނޭއިރު، އެކަމަށް ބިން ހަމަ ޖެހި، އެ ތަނުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މިވަގުތު ބައުންޑްރީ ވޯލް، ފެންސް ޖަހައި، ބައުންޑްރީ ގާއިމް ކުރެވިފައި ވަނީ. އަދި ބައުންޑްރީ މަސައްކަތް ނިމުމަށްފަހު، އަޅުގަނޑުމެންނަށް އިއްޔެ އެތަން ވަނީ ހަވާލުކުރެވިފައި. އެތަނަށް މަގުމަތީ އުޅޭ ބުޅާތައް ގެނއދިޔުމަށް ވަނީ ވަރަށް ރަނގަޅު ޕްލޭން އެއް އެކުލަވާ ލެވިފައި. މި ޕްލޭން އެކުލަވާލެވިފައިވަނީ މާލެ ސިޓީ ކައުންސިލާއި ޕެޓް ލަވާސް އެންޖީއޯސް ތަކާއިއެކީގައި. ތެރޭގައި ޝެލްޓާ އެޅުމަށް ނިންމާފައިވާ ތަން ނޫން އެހެން ތަނެއްގައި އަޅުގަނޑުމެން ހިޔާކޮށްގެން ޕާޓިޝަންތަކެއް ޖަހައިގެން މަގުމަތީގައި މިއުޅޭ ބުޅާތައް ބެޗް ބެޗަށް ގެންދިޔުމުގެ މަސައްކަތް މިކުރަނީ." ރަމީލާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޕެޓް ކެއަރ ފެސިލިޓީ ގާއިމް ކުރަނީ ހަތަރު ފަންގި ފިލާގެ އިމާރާތެއްގައި ކަމުން އެކަމަށް ވަގުތުު ހޭދަވާނެ ކަމަށެވެ. އެހެން ކަމުން،  ބުޅާތައް ގެންދިޔުމަށް ވަކިން މިހާރު އެއް ފަންގިފިލާގެ ކެޓް ޝެލްޓާ އެޅުމުގެ މަސައްކަތްކުރާ ކަމަށާ އެތަން ހަދަންވެސް 22 ދުވަސް ނަގާނެ ކަމަށެވެ. ވުމާއެކު ވޭހާވެސް އަވަހަށް ބުޅާތައް ނެގުމަށް އިތުރު ވަގުތީ ތަނެއް ތައްޔާރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެތަން ނިމުމާއެކު އަޅުގަނޑުމެން ބުޅާތައް ގެންދަން ފަށާނަން." ރަމީލާ ވިދާޅުވިއެވެ.

ރަމީލާ ވިދާޅުވީ މިވަގުތު ބުޅާތަކާއި ގުޅޭ ކަންކަމަށް 2 ވެޓް ޑޮކްޓަރުން އެބަތިބި ކަމަށާއި އެ ޑޮކްޓަރުން ބޭނުންކޮށްގެން ބުޅާތަކުގެ އެސެސްމެންޓެއް ހެދޭނެ ކަމަށެވެ. އެގޮތުން ބުޅާތަކަށް ޖެހިފައިވާ ބަލިތަކާއި ބުޅާތަކުގެ ހާލަތު ބަލައި އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާތައް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމަށްފަހު ބުޅާތައް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށާ ބުޅަލާއި ދޫނި ހިމެނޭހެން ގެންގުޅޭ ޖަނަވާރާއި ދޫނިތައްވެސް ރަޖިސްޓާކޮށްގެން ބެލެހެއްޓިގެން ވެރިފަރާތެއް ހުރެގެން ގެންގުޅެވޭނެ ކަހަލަ ނިޒާމްތަކެއް ގެނައުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ބުޅާ ޕެޓްގެ ގޮތުގައި ގެންގުޅެން ބޭނުންފުޅުވާ ފަރާތްތަކަށް އަޅުގަނޑުމެން ހަމަ އެތަނުގައި މި ގެންދެވޭ ބުޅާތަކުގެ ތެރެއިން ބޭނުންވާ ފަރާތްތަކުން ބުޅާ ގެންގޮސްގެން ގެންގުޅެވޭނެ ގޮތަކަށް ހުޅުވާލެވޭނެ." ރަމީލާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.