އާރްޓީއެލް ފެރީއެއް: ފޮޓޯ/ އެމްޓީސީސީ
ހަބަރު
30 May 2024 | 11:35
އިތުރު 3 އަތޮޅަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރްޓީއެލް ފެރީގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން އިތުރު 3 އަތޮޅެއްގައި ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ކަމަށެވެ. އެހެން ކަމުން، އެ ހިދުމަތް ނުފެށި އޮތް ތިން އަތޮޅެއްގައި ޚިދުމަތް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޚިދުމަތް ފެށުމަށް ނިންމާފައިވާ އަތޮޅު ތަކަކީ؛ 

• ނ އަތޮޅު. އެ އަތޮޅުގައި ޚިދުމަތް ފަށަން ސަރުކާރުން ނިންމާފައިވަނީ މި ފެށޭ ޖޫން މަހު

• ރ. އަތޮޅު. އެ އަތޮޅުގައި ޚިދުމަތް ފަށަން ނިންމާފައިވަނީ ކުރިއަށް އޮތް އޯގަސްޓް މަހު

• ބ. އަތޮޅު. އެ އަތޮޅުގައި ހިދުމަތް ފަށަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގައި.

މީގެ އިތުރުން އަމީން ވިދާޅުވީ އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ލޯންޗްތައް ދަތުރުކުރާ ބައެއް ރޫޓްތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން، ބައެއް ލޯންޗްތައް މަޑުކުރަން ނިންމާފައިވާ ސްޓޮޕްތަކަށް ބައެއް ބަދަލުތައް ގެންނަމުންދާ ކަމަށާއި އެ ބަދަލުތައް ގެންނަނީ ލޯންޗްގައި ދަތުރުކުރާ މީހުންގެ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށް ވަޒީރު ވިދާޅުވުއެވެ. 

އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން 12 ގައެވެ. އެ ޚިދުމަތް ފުރަތަމަ ފެށީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅުންނެވެ. މި އާރްޓީއެލްގެ ހިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު 4 ޒޯނެއްގައި ހިދުމަތް ފަށާފައިވެ އެވެ.

ކޮމެންޓް
ޙަސަން ކަލޯ ގެ ދަރި
އއ އަތޮޅަށްވެސް ތި ފެރީ ތައާރަފު ކޮށްދީބަލަ. ބޮޑު އަގު ދީގެން ކުރާ ދަތުރު ތަކަށް ނިމުމެއް ގެނެސްދީބަލަ
30 May 2024
ާހައްދުންމަތީ ރައްޔިތެއް.
ލ.އަތޮޅު ދެކޮޅުން ޚިދުމަތް ފަށައިގެން ކުރިޔަށް ދާއިރު،ލ.އަތޮޅު ރައްޔިތުން މިއީ މާ ނިކަމެތި ދެރަ ބަޔަކީތޯ؟ ހެޔޮނުވާނެ. ލ.އަތޮޅުން ލިބުނު ވޯޓު މަދީތޯ؟
30 May 2024
ާއަލީ
ތ.އަތޮޅަށް ތިޚިދުމަތްވެސް ލިބޭނީ އެންމެ ފަހުން ކަންނޭގެ.. މީ ސަރުކާރުތަކުން ހެއްދިގޮތަކަށް ހެދިގެން ތިބެންޖެހޭ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެއް ކަންނޭގެ..
30 May 2024
Moosa Yahya
ކ.އަތޮޅައް ނެތީތަ އަޅެފަހެ
31 May 2024
ލާމު ރަންޔިތެއް
ލާމު އަތޮޅު މި ދިވެހި ރާއްޖޭގަ އެބަ އޮތް ތަ؟ ދެކޮޅުގަ ދަތުރު ކުރަނީ ، އެއް ކޮޅުން އަނެއް ކޮޅަން ދާން ވަރަންގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ
01 Jun 2024
އަލީ އަންހެނުން
ރ އަތޮޅު މީހުން މޮޔަ ހައްދައިގެން އުޅޭތާ ކޮން ދުވަހެއް. ތިޔަ އާރުޓީއެލް ފެޝިއްޔާ ނޫނީ ނުކުރާނަން އިތުބާރެއް.
01 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.