ޝެއިޚް މާހިރު ބިން ޙަމަދު އަލްމުޢައިޤްލީ-- ފޮޓޯ: ހަރަމައިން ޝަރީފައިން
ދުނިޔެ
30 May 2024 | 16:02
މިއަހަރުގެ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ ޝެއިޚް މާހިރު

މިއަހަރުގެ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ މަސްޖިދުލް ޙަރަމްގެ އިމާމު، ޝެއިޚް މާހިރު ބިން ޙަމަދު އަލްމުޢައިޤްލީ ކަމަށް ސައުދީ އަރަބިއްޔާ ގެ ސަރުކާރުން ހާމަކޮށްފިއެވެ.

މަސްޖިދުލް ނަބަވީގެ އިމާމުކަން ވެސް ކުރެއްވި ޝެއިޚް މާހިރު، މަސްޖިދުލް ޙަރަމްގެ އިމާމުގެ އައްޔަނުކުރައްވާފައިވަނީ 2007 ވަނަ އަހަރުއެވެ. ޝެއިޚް ތަޢުލީމް ޙާޞިލްކުރެއްވީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީންނާއި ރިޔާޞްގެ ކިންގް ސަޢުދު ޔުނިވަރސިޓީންނެވެ.

ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުޙިއްމު ދުވަހަށްވާއިރު، އަރަފާތު ދުވަހުގެ ހުތުބާ ދެނީ، ކީރިތި ރަސޫލާ މުޙައްމަދު (ސ.ޢ.ވ) ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވި މަޤާމުގައި ބިނާކޮށްފައިވާ މަސްޖިދުލް ނަމިރާގައިއެވެ. މި މިސްކިތަކީ މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި އަހަރުގެ އަރަފާތު ދުވަހަކީ ޖޫން 16 ކަމަށް ބެލެވޭއިރު، ހައްޖު މޫސުން ފެށޭނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ